ސޮނޭވާގެ ”ޖޫނިއާ ހޯސްޓް ” ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Jungle_Reserve_Aerial2.jpg

ސޮނޭވާފުށިން މިދިޔަ އަހަރު ހިންގާފައިވާ އެޕްރެންޓެސްޝިޕް ޕްރޮގްރާމްގެ ދެވަނަ ބުރުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ސޮނޭވާފުށިން ބުނީ ޖޫނިއާ ހޯސްޓްގެ ދެވަނަ ބުރަށް ކުދިން ނެގުމަށް އޭދަފުށީގެ އިތުރުން މާލެއާއި ފުވައްމުލައް އަދި އައްޑޫސިޓީގައި އޯޕަން ޑޭ ތަކެއް ބާއްވަން ނިންމާފައިވާ ކަމުގައެވެ. އޭދަފުށިގައި އޯޕަން ޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ. މާލޭގައި އޯޕަން ޑޭ އޮންނާނީ މި މަހުގެ 28ވަނަ ދުވަހު ދަރުބާރުގޭގައެވެ. ފުވައްމުލަކުގައިވެސް ހަމަ އެދުވަހުއެވެ. އައްޑޫ ސިޓީގައި މިމަހުގެ 29 ވަނަ ދުވަހުއެވެ.

އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގެ ދެވަނަ ބުރުގައި ބައިވެރިވެވޭނީ އޯލެވެލް ނުވަތަ އޭލެވެލް ނިންމާފައިވާ އުމުރުން 18 އަހަރާއި 21 އަހަރުގެ ޒުވާނުންނަށެވެ.

ހަރުދަނާ ޒުވާނުންތަކެއް އުފެއްދުމަށް ސޮނޭވާފުށީގެ އޯނަރު ސޯނޫ ގެ އިސްނެގުމުގެ މަތިން ހިންގާ މި ޕްރޮގްރާމް ކުރިއަށްއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 12 ކުއްޖަކު ވަނީ ބައިވެރިވެފަ އެވެ.

މި ޕްރޮގްރާމް ފުރިހަމަ ކުރުމުން ޔޫތު ކެރިއާ އިނިޝިއޭޓިވް ސެޓްފިކެޓެއް ލިބިގެންދާއިރު މި ޕްރޮގްރާމްގެ ދަށުން އެފްއެންޑްބީ، ފްރަންޓް އޮފީސް، އެޗްއާރް އަދި ގެސްޓް ރިލޭޝަންސް އާއި ހައުސްކީޕިންގ ގެ ދާއިރާއިން ކުދިން ތަމްރީނު ކުރެވޭނެއެވެ.

މި ޕްރޮގްރާމާއި ބެހޭ މައުލޫމާތު ސޮނެވާފުށީގެ ނަންބަރު 6603244 އަދި 6603245 އިން ލިބޭނެއެވެ. މި ޕްރޮގްރާމުގައި ބައިވެރިވަން ބޭނުންވާ ޒުވާނުންް jobs-maldives@soneva އަށް ސީވީ މެއިލް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top