މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސް: މެޓް

IMG_20220514_120657066.jpg

މޫސުން ގޯސް ދުވަހެއް

މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

މިއަދުގެ މޫސުން ލަފާކުރެވޭގޮތުގެ މައުލޫމާތު އާންމުކުރަމުން މެޓް އޮފީހުން ބުނީ މިއަދު ވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރާނެކަމަށެވެ. އަދި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް ވެސް މެޓުން ބުންޏެވެ.

އަންނަ އަންގާރަ ދުވަހާ ހިސާބަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީން ލަފާކޮށްފައިވާ އިރު، ކ. އަތޮޅުން ފެށިގެން އދ. އަތޮޅާ ދެމެދުގެ ރަށްތަކަށް ވަނީ ރީނދޫ އެލާޓް ނެރެފައެވެ.

މިއަދު އާންމުގޮތެއްގައި ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގަޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

މޫސުން ގޯސްވުމާ ގުޅިގެން އިއްޔެ ވަނީ އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް އޮރެންޖު އެލާޓް ވެސް ނެރެފައެވެ. މޫސުން ގޯސްވުމާ ގުޅިގެން އެ ދެ ސިޓީގައި ފެންބޮޑުވެ ގެތަކަކަށް ވަނީ ގެއްލުންތަކެއް ވެސް ވެފައެވެ. ނަމަވެސް ފަހުން އެ އެލާޓް ވަނީ ރީނދޫ އެލާޓަށް ބަދަލުކޮށްފައެވެ.

ކުރިއަށް އޮތް ހަފުތާއަކީ ސްކޫލުތަކުގެ މިޑް-ޓާމް ޗުއްޓީ ދުވަސްވަރު ކަމަށްވާ އިރު، އެ ހަފުތާގެ ގިނަ ދުވަސްތަކުގައި މުޅި ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް މޫސުމީ ރިކޯޑުތަކުން ދައްކައެވެ. އެކަމާ ގުޅިގެން މެޓް އޮފީހުން ވަނީ މޫސުމަށް ބަލައިގެން ދަތުރުތައް ކުރުމަށް އިލްތިމާސްކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top