އެޕަލް ކުންފުނީގެ އާއުފެއްދުންކަމުގައިވާ އައިފޯން 18 މި މަހުގެ ފަހުކޮޅު ރާއްޖޭގެ ބާޒާރަށް ނުކުންނާނެ ކަމަށް ފޯނު ވިއްކާ މާލޭގެ ބައެއް ފިހާރަތަކުން ބުނެފިއެވެ.
އެޕަލްއިން ބުނި ގޮތުގައި ފޯނު ރަސްމީކޮށް ބާޒާރަށް ނެރެނީ މި މަހުގެ 18 ވާ ހުކުރު ދުވަހެވެ.
ރާއްޖޭގައި ވެސް އައިފޯންގެ މަގުބޫލުކަން ވަރަށް ބޮޑެވެ. އެގޮތުން އައިފޯންގެ އާ މޮޑެލްއެއް ބާޒާރަށް ނުކުންނަ ތަނުން ގިނަ ބަޔަކު ގަނެއެވެ. އަދި ޕްރީ-އޯޑާ ކޮށްގެން ވެސް ގިނަ ބަޔަކު ވީހާވެސް ކުރިއަށް ފޯނު ގަތުމަކީ ކުރާ ކަމެކެވެ.
ބައެއް ފިހާރަތަކުން މައުލޫމާތު ދިން ގޮތުގައި އައިފޯން 18 ރިލީޒްކުރާތާ ހަފުތާއެއް ތެރޭ ގެނެވޭތޯ މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެންމެ ފުރަތަމަ އަގުތައް އުޅޭނެ ކަމަށް ބެލެވެނީ އައިފޯން 18 ޕްރޯއެއް 27،000 ދިވެހި ރުފިޔާ ނުވަތަ 28،000 ރުފިޔާއާ ދެމެދުގެ އަގެއްގައި ކަމަށް އެ ފިހާރައިން މައުލޫމާތު ދިނެވެ. ނަމަވެސް ގިނަ ފިހާރަތަކުން ބުނީ އަދި ސީދާ އަގެއް ބުނެދޭން ނޭނގޭ ކަމަށެވެ.






