ދިރާގުގެ މެޖޯރިޓީ ހިއްސާ އާއި ފެންކުންފުނީގެ ހިއްސާ ހޯދަނީ

ab8e1bb5-6402-40b0-9e7c-2711ff71ed46-scaled.jpg

އެމްޑީޕީގެ ސަރުކާރުން ވިއްކާލި ދިރާގުގެ ހިއްސާ އަނބުރާ ހޯދައި މެޖޯރިޓީ ސަރުކާރަށް ބަދަލުކޮށް އަދި އެމްޑަބްލިޔުއެސްސީ، 100 ޕަސެންޓް ސަރުކާރުގެ ކުންފުންޏަކަށް ބަދަލުކުރަން ނިންމައިފިއެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޙައްމަދު މުޢިއްޒު ވިދާޅުވީ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށްފަހު ދިރާގުގެ ސަރުކާރު ހިއްސާ 51 އިންސައްތައަށް ބޮޑުކުރުމަށް ނިންމަވާފައިވާކަމަށެވެ.

އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އެ ހިއްސާ ވިއްކާލިކަން ފާހަގަ ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެއީ ރައްޔިތުންގެ ވަރަށްބޮޑު ހަރު މުދަލެއް ކަމަށާއި ދިރާގެ ހިއްސާ ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި އަދި އިތުރަށް ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.

ދިރާގަކީ ވަރަށް ފައިދާވާ ކުންފުންޏެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފައިދާގެ ބޮޑުބައެއް މިހާރު ދަނީ ބޭރަށް ކަމަށާއި އެ ފައިދާ ބޭރަށް ދިއުމުގެ ބަދަލުގައި ދިވެހިންނަށް އެކަމުގެ ފައިދާވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީއަކީވެސް 100 ޕަސެންޓް ދިވެހި ސަރުކާރު ހިއްސާ އޮތް ކުންފުންޏަކަށް ހެދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރެވޭ މި ދެ މަސައްކަތްވެސް ވަރަށް ކާމިޔާބުކަމާއެކު ނިންމާލެވޭނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top