މާލެ އަންނަ ލޯންޗްތައް ލަފާ ސަރަހައްދުގައި ކުދި ޖެޓީތަކެއް ހަދަނީ

attwhawy2jiatklxjwfl0nxkro6rqwbo7fcppus1licsg0-876x493-1.jpeg

ބޮޑުތަކުރުފާނު މަގު ނިމިގެންދާއިރު ތަރައްގީ ކުރެވޭ ޖެޓީތައް ހުންނަ ގޮތުގެ ކުރެހުމެއް

މާލޭ ބޭރުމަގުގައި ރަސްމީ ފާލަމާ ކައިރީގައި، ރަށްރަށުން އަންނަ ލޯންޗުތައް ކައިރިކުރަން އޮންނަ ސަރަހައްދަށް ބާރުބޮޑުވާ މައްސަލަ ހައްލުކުރަން، އެ ސަރަހައްދުގައި ކުދިކުދި ޖެޓީތަކެއް ހަދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އެގޮތުން، ލޯންޗްތައް ލަފާ ސަރަހައްދުގައި ކުދި ޖެޓީގެ ގޮތުގައި ހަތް ޖެޓީއެއް ގާއިމް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަށްރަށުން އަންނަ ލޯންޗުތައް މިހާރު އޮންނަނީ ބަނދަރާ ކައިރީގައި ތޮއްޖެހިފައެވެ. އޭގެ ސަބަބުން، އެ މީހަކު އަރަން ޖެހޭ ލޯންޗާ ހަމައަށް ބައެއް ފަހަރު ދާން ޖެހެނީ އެއް ލޯޯންޗުން އަނެއް ލޯންޗަށް އަރައިގެންނެވެ. އޭގެ ސަބަބުން ފުރާ މީހުންނަށް ތަކުލީފުތަކާ ކުރިމަތިވާތާ އެތައް އަހަރެއް ވަނީ ވެފައެވެ.

”އޭރުން ހުރިހާ ލޯންޗްތައް އައިސް ސީދާ ޖެޓީއަށް ފޭބޭނެ، މިހާރު ލޯންޗަކަށް ފަހު ލޯންޗެއް ކައިރި ކުރަމުން، އެއް ލޯންޗުން އަނެއް ލޯންޗަށް އަރަމުން ކަހަލަ ގޮތަކަށް ގޮސް އެއްގަަމަށް މި އެެރެނީ، ގާތްގަނޑަކަށް ހުރިހާ ލޯންޗަކަށް ސީދާ އެއްގަމަށް ކައިރި ކުރެވޭ ކަހަލަ ގޮތަކަށް އެއިރުން ވެގެން ދާނީ،“.

ރައީސް ވިދާޅުވީ، މާލެ ވަށައިގެން އޮންނަ ބޮޑުތަކުރުފާނުގެ މަސައްކަތް ނިންމުމުގެ ތެރެއިން އެ ޖެޓީތައް ހެދުމުގެ މަސައްކަތްތައް ވެސް ކުރާނެ ކަމަށެވެ. އަދި އުއްމީދަކީ، ބޮޑުތަކުރުފާނުގެ ބާކީ އޮތް މަސައްކަތްތަކާއެކު އެ މަޝްރޫއު ވެސް އަންނަ ނޮވެންބަރު މަހުގެ ނިޔަލަށް ނިންމާލުން ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ބޮޑުތަކުރުފާނު މަގުގެ ބާކީ މަސައްކަތްތަކުގެ ތެރެއިން، އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް ތަރައްގީކުރާނެ ކަމަށެވެ. އެ މަސައްކަތް ނިމޭއިރު ކޮޅަކަށް ދެ ލޭން އޮންނަ މަގެއް އޮންނާނެ ކަމަށާއި، އޭގެ ސަބަބުން މާލެ ތެރެއަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން މަގު ފުޅާކޮށް، ޒަމާނީ ފެންވަރަށް ތާރުއެޅުމުގެ މަސައްކަތްކުރެއެވެ. މީގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމު އަޕްގްރޭޑް ކުރުމާއި، ފެން ހިންދާ ޒަމާނީ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ދަށުން ކުރެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top