ޕާމަނަންޓް ސެކްރެޓަރީންނާއި ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރައަށްބަދަލު

fc053be9-de02-48de-ae14-4b357dfc8b42.jpg

ޕާމަނަންޓް ސެކްރެޓަރީންނާއި، ލޯކަލް ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންގެ މުސާރައާއި އިނާޔަތްތަކަށް އަންނަ މަހުން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.

ޕާމަނަންޓް ސެކްރެޓަރީންނާއި ސެކްރެޓަރީ ޖެނެރަލުން އަދި ވަގުތީ ސެކްރެޓަރީ ޖެނެރަލުންނަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފޮނުވި ސާކިއުލާއެއްގައި ބުނީ އެ މަގާމުތަކުގެ މުސާރަ އަންނަމަހުން ފެށިގެން ކުޑަވާނެކަމަށެވެ. އެގޮތުން އެ މަގާމުތަކާއި އައިޓީ ދާއިރާގެ 3 ޖޮބް މެޓްރިކްސްއެއްގެ މުސާރަ އާއި އިނާޔަތްތަކަށް ބަދަކު އައިކަން ސީއެސްސީން ވަނީ އަންގާފައެވެ.

މުސާރަތަކަށް އައި ބަދަލުތައް 

  • ޕާމަނަންޓް ސެކްރެޓަރީ ރޭންކް 17 :  އަސާސީ މުސާރަ އަށް 23،935ރ.، އެގްޒެކްޓިވް އެލަވަންސްގެ ގޮތުގައި 23،065ރ.
  • ސެކްރެޓަރީ ޖެނެރަލް (ސިޓީ ކައުންސިލްތައް) ރޭންކް 17 : އަސާސީ މުސާރައަށް 23،935، އެގްޒެކްޓިވް އެލަވަންސްއަށް 23،065ރ.
  • ސެކްރެޓަރީ ޖެނެރަލް (ރަށު ކައުންސިލްތައް) ރޭންކް 16 : އަސާސީ މުސާރައަށް 18،000ރ ، އެގްޒެކްޓިވް އެލަވަންސްއަށް 6،620ރ.
  • ސެކްރެޓަރީ ޖެނަރަލް (ޑިޕްލޮމާ އަދި ތަޖުރިބާ) ރޭންކް 16 : އަސާސީ މުސާރައަށް 10،000ރ، އެގްޒެކްޓިވް އެލަވަންސްއަށް 7،000ރ.

މީގެކުރިން ޕާމަނަންޓް ސެކްރެޓަރީންނާއި ސިޓީ ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަށް މުސާރައިގެ ގޮތުގައި މަހެއްގެ މައްޗަށް 53،000 އެއްހާ ރުފިޔާ ލިބެއެވެ. އަދި ޑިޕްލޮމާ އިން މަތިން ކިޔަވާފައި ތިބޭ ރަށު ކައުންސިލުތަކުގެ އެސްޖީންނަށް  މުސާރައިގެ ގޮތުގައި މީގެކުރިން 35،000 ރުފިޔާ ލިބެއެވެ. އަދި ޑިޕްލޮމާ އާއި ތަޖުރިބާ ހުރި އެސްޖީންނަށް 32،000 ރުފިޔާގެ މުސާރައެއް މީގެކުރިން ލިބެމުން ދެއެވެ.

މިބަދަލަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ނިންމާފައިވާ ނިންމުމެއް ކަމަށް ޕޭ ކޮމިޝަނުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top