އިލެކްޓްރޯނިކް ޕާސްޕޯޓުގެ ޚިދުމަތް އަލުން ފަށަނީ

big_VdKmUVXm5t4RY4VaEbNinvCAh.jpg

”އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު“ ޕްރިންޓް ކުރުމަށް ބޭނުންކުރާ “ޕާސްޕޯޓު ބުކްލެޓް”ގެ ސްޓޮކް ރާއްޖެއަށް ގެނައުމުގައި ލަސްތަކެއް ދިމާވުމުން ޚިދުމަތް ދިނުން މެދުކެނޑިފައިވާ އިލެކްޓްރޯނިކް ޕާސްޕޯޓްގެ ޚިދުމަތް އަންނަ މަހުގެ ކުރީކޮޅު އަލުން ފެށުމަށް ނިންމާފައިވަކާމަށް މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީހް ވިދާޅުވީ، ޕާސްޕޯޓް ހެއްދުމަށް ބޭނުންވާ ތަކެތި އުފެއްދުމަށް އޯޑަރުދީފައިވާކަމަށެވެ. އަދި މިމަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު އެތަކެތި ލިބޭނެކަމަށާއި ބޭނުންވާ ސާމާނު ލިބުމުން އަލުން އެ ޚިދުމަތް ފަށާނެކަމަށް ފަސީހް ވިދާޅުވިއެވެ.

އީ-ޕާސްޕޯޓަކީ ކިއުއެއްގައި ނުޖެހި އަމިއްލައަށް ޗެކިންވެވޭ އީ-ގޭޓުގެ ޚިދުމަތް ބޭނުންކުރެވޭ އެއްޗެކެވެ. އީ-ޕާސްޕޯޓުގައި ހުންނަ ޗިޕެއްގައި ރައްކާކޮށްފައި ހުންނަ ޑޭޓާގެ އިތުރުން ނަގާފައިވާ ފޮޓޯ ނުވަތަ އިނގިލީގެ ނިޝާނުގެ ޒަރިއްޔާއިން ޕާސްޕޯޓުގެ ވެރި ފަރާތް އެ ގޭޓުން ކަށަވަރު ކުރާނެއެވެ.

އީ-ޕާސްޕޯޓުގެ ޚިދުމަތް މެދުކަނޑާލުމުން އޯޑިނަރީ ޕާސްޕޯޓަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތްތަކަށް ދޫކުރުމަށް ނިންމީ “ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު” އެވެ. ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓަކީ ވެސް އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަންގެ މިންގަނޑުތަކަށް ފެތޭ، 5 އަހަރު ދުވަހުގެ މުއްދަތަށް ދޫކުރެވޭ މެޝިން ރީޑަބަލް ޕާސްޕޯޓެކެވެ. “އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓު”ގެ ފީއަކީ 1,000ރުފިޔާ ނަމަވެސް، “އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު”ގެ ފީއަކީ، 600 ރުފިޔާއެވެ.

މިފަދަ ހާލަތްތަކުގައި މީގެކުރިން ޢަމަލުކުރާ ގޮތާ ޚިލާފަށް، އޯޑިނަރީ ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓު ދޫކުރާ ފަރާތްތަކުން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ ކުރިން އޯޑިނަރީ އިލެކްޓްރޯނިކް ޕާސްޕޯޓެއް ހަދަން ބޭނުންވާ ހާލަތްތަކުގައި “ކެންސަލޭޝަން ފީ” ނެގުމަކާ ނުލައި، ޕާސްޕޯޓު ހެއްދޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top