ރާއްޖެއިން ލިބެން ހުންނަ ފަރުވާއަށް ވެސް ރާއްޖެއިން ބޭރަށް ދާން އާސަންދަ ދެނީ

2024-11-24_Pharmacy.jpg

ރާއްޖެއިން ލިބެންހުރި ފަރުވާއެއް ވިޔަސް، އެ ފަރުވާއެއް ލިބުމުގައި ހުރި ދަތިތަކާއި ވަށައިގެންވާ އެހެނިހެން ކަންތަައްްތަކަށް ރިއާޔަތްކޮށް އެ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުން ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.

މިހާރު އަމަލުކުރަމުން އަންނަ ގަވާއިދުގައިވާ ގޮތުން، އާސަންދަ އެހީގެ ދަށުން ބޭރަށް ފޮނުވަނީ ހަމައެކަނި ރާއްޖެއިން ލިބެން ނެތް ފަރުވާތައް ހޯދުމަށެވެ.

”ހުސްނުވާ އާސަންދަ ސްކީމް ހިންގުމުގެ ގަވާއިދު“ އަށް ބަދަލު ގެނެސް އަލަށް އިތުރުކުރި މާއްދާގައިވާ ގޮތުން، ރާއްޖެއިން ލިބެން ހުރި ފަރުވާއެއް ނަމަވެސް، ބައެއް ކަންކަމަށް ބެލުމަށްފަހު ބޭރަށް ފޮނުވުމުގެ ހުއްދަ ދެވޭނެއެވެ. އެގޮތުން ބަލީގެ ބާވަތާއި ބަލިމީހާގެ ހާލަތު، ރާއްޖޭގައި އެ ފަރުވާ ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން ބަލިމީހާގެ ވަށައިގެންވާ އެހެނިހެން އިޖުތިމާއީ އަދި ސިއްހީ ކަންކަމަށް ރިއާޔަތްކުރާނެ ކަމަށް އެ މާއްދާގައިވެ އެވެ.

މީގެ އިތުރުން، ރާއްޖެތެރޭގެ ރަށްރަށުން މާލެ އައިސް، މާލެއިން ބޭރަށް ފަރުވާއަށް ގޮސް އެނބުރި އަންނަ މީހުންނަށްވެސް އާސަންދައިގެ އެހީތެރިކަން ވަނީ ފުޅާކޮށްފަ އެވެ. އެގޮތުން، ދެވޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ހާއްސަ ޑޮކްޓަރުން ލަފާދިނުމުން، އެނބުރި ރަށަށް ދިއުމާ ހަމައަށް ހިނގާ ހަރަދުތަކަށްވެސް އާސަންދައިގެ އެހީ ލިބޭނެ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މި ބަދަލާއެކު، މީގެ ކުރިން އެންސްޕާގެ ވަކި ބަޖެޓަކުން ހަމަޖައްސައިދެމުން އައި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އާލާތްތައް (ހިއަރިން އެއިޑް، ވީލްޗެއާ ފަދަ ތަކެތި) ގެ ހަރަދުތައް އާސަންދަ ސްކީމުން ނުލިބޭ ކަންކަމުގެ ލިސްޓުން އުނިކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top