މި ސަރުކާރު ފަސް އަހަރު ވަންދެން ދެމި އޮންނާނެ، ވައްޓައެއް ނުލެވޭނެ: ސަލީމް

IMG_5606-1.jpeg

މި ސަރުކާރު ފަސް އަހަރުގެ ދައުރު ހަމަވަންދެން ދެމި އޮންނާނެ ކަމަށާއި، ސަރުކާރު ވައްޓާ ނުލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ސަލީމް މިހެން ވިދާޅުވީ، މިއީ ދެ އަހަރާއި ބައިގެ ސަރުކާރެއް ކަމަށާއި މި ސަރުކާރު ނިންމާނެ ކަމަށް ބުނެ ’އެކްސް‘ ގައި މީހަކު ކުރި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ.

ސަލީމް ވިދާޅުވީ މި ސަރުކާރަކީ ފަސް އަހަރުގެ ދައުރަކަށް ރައްޔިތުން އިންތިޚާބު ކޮށްފައިވާ ސަރުކާރެއް ކަމަށާއި، ސަރުކާރު ވައްޓާލުމުގެ ފުރުސަތު ރައްޔިތުން ނުދޭނެ ކަމަށެވެ.

މީގެ އިތުރުން، ދާދިފަހުން ބޭއްވި އިންތިޚާބުތަކުގެ ނަތީޖާއަށް ރިއާޔަތްކޮށް، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އިދިކޮޅު އެމްޑީޕީން ދެކޭ ހުވަފެނަކީ ހަގީގަތަކަށް ނުވާނެ ކަމަށްވެސް ސަލީމް ވަނީ ކުރިން ވިދާޅުވެފައެވެ.

ސަލީމް ވިދާޅުވި ގޮތުގައި ވެރިކަން ކުރާ ޕީއެންސީން އެ ފުރުސަތު އިދިކޮޅު ފަރާތްތަކަށް ނުދޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top