ސަރުކާރާއި އޭަދަފުށީ ކައުންސިލް ގުޅިގެން ރަށުގެ ދެކުނު ފަރާތުގައި ތަރައްގީ ކޮށްފައިވާ މޫދަށް އެރޭ ސަރަހައްދު ނުވަތަ ”ވެށިފަންނު“ގެ މަސައްކަތް ނިންމައި ހުޅުވަން ތައްޔާރުވެއްޖެ އެވެ
މިތަން ހުޅުވުމުގެ ރަސްމިއްޔާތު މިއަދު ހަވީރު ވެށިފަންނު ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިރު ރަސްމިއްޔާތުގައި ބައިވެރިވުމަށް އޭދަފުށީ ކައުންސިލުން ވަނީ އޭދަފުށީ ރައްޔިތުންނަށް ދައުވަތު އަރުވާފައެވެ.
އޭދަފުށީ ”ވެށިފަންނު“މަޝްރޫއު ޑިޒައިންކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ. އެކުންފުނިން ކޮށްފައިވާ މަސައްކަތް ތަކުގެ ތެރޭގައި މިސަރަހައްދު ހެދުމަށްޓަކައި ފަޅު ފުންކުރުމާއި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 60 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮއްޓެއް ޖެހުމާއި 70މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.
މިދިޔަ އަހަރުގެ މޭ 27 ވަނަ ދުވަހު، އެމްޓީސީސީ އާ ހަވާލުކުރި މި މަޝްރޫއުގެ ފިޒިކަލް މަސައްކަތްތައް އެކުންފުނިން ނިންމާލާފައިވަނީ މިމަހު 12 ވަނަ ދުވަހުއެވެ
އޭދަފުށީގައި ފަތާ ސަހައްދެއް ނުވަތަ ކަސްރަތު ކޮށްލުމުގެ ބޭނުމުގައި މޫދަށް އެރުމަށް ޚާއްސަ ތަނެއް ނެތުމަކީ ރައްޔިތުންގެ ކަންބޮޑުވުމެކެވެ. މި ސަރަހައްދު ތަރައްގީވެގެން އައުމަކީ ރައްޔިތުންގެ ދުވަސ ވީ ހުވަފެނެއް ހަގީގަތަށްވުން ފަދަ އުފާވެރި ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެއެވެ.






