ބުލީކުރުން ޖިނާއީ ކުށަކަށް ހަދައި ހަރުކަށި ފިޔަވަޅު އަޅަން މަޝްވަރާކުރަނީ

vbmn-1-1.png

ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާ ގާނޫނަށް ބަދަލު ގެނެސްގެން އެކަން ކުރައްވާނެ ދާޚިލީ ވަޒީރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އިހްސާން ވިދާޅުވީ، ބުލީ ކުރުމާއި، އިޖްތިމާޢީ މިންގަނޑާ ޚިލާފަށް މުޖުތަމަޢުގައި ހިންގާ މައްސަލަތައް ހައްލުކުރުމަށް ކުރަންޖެހޭ ކަންކަން މިނިސްޓްރީ ތެރެއިން ކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވުއެވެ.

”ވަކިން ހާއްސަކޮށް ބުލީގެ ކަންކަން ސްކޫލުތަކުގައާއި މުޖުތަމައުގެ ތެރޭގައި ކުރަމުންދާދިއުން، މިކަމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ، އަދި ހާއްސަކޮށް ޖިނާއީ ގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު އެޓާނީ ޖެނަރަލްގެ އޮފީހާއެކު މަސައްކަަތްތަކެއް ކުރަމުން.” އިހުސާން ވިދާޅުވި އެވެ. “ބުލީގެ ޝިކާރައަކަށްވެ މީހުންގެ ފުރާނަދާ ހިސާބަށް ރާއްޖޭގެ ބައެއް ދިމަދިމާލުގައި ކަންކަން މިހާރުވަނީ ގޮސްފައި. މިފަދަ ކަންކަމުގައި ޖިނާއީ ފިޔަވަޅުއެޅޭ ކަމުގައިވާނަމަ ހަރުކަށި ޖިނާއީ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން.“ މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ބުލީ ކުރުމުގެ މައްސަލަތައް ވަރަށް ބޮޑުކަން ފާހަގަކޮށްލެވެ އެވެ. މީގެ ކުރިން ވެސް މިކަމާ ގުޅިގެން ހިތާމަވެރި އެތައް ހާދިސާއެއް ހިނގާފައިވެ އެވެ.

މި މައްސަލަތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓަރު ދެއްވި އެވެ.

ސަރުކާރުން މިކަމަށް ހާއްސަ ސަމާލުކަމެއް ދީފައި މިވަނީ، ބުލީގެ ޝިކާރައަކަށްވި 18 އަހަރުގެ ކުއްޖަކު މިދިޔަ ހޯމަ ދުވަހު އޭނާ ދިރިއުޅެމުންދިޔަ ދަނާލުގެ ކޮޓަރިތެރޭގައި މަރުވެފައި ހުއްޓާ ފެނުނު ހިތާމަވެރި ހާދިސާއާ ގުޅިގެންނެވެ. މި ހާދިސާއާ ގުޅިގެން، ދުރާލާ ފިޔަވަޅު އެޅުމަށާއި ބުލީކުރާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އާންމުން ދަނީ ވަރަށް ބޮޑަށް ގޮވާލަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top