މަސްތުވާތަކެތީގެ މައްސަލައެއްގައި ދަރަވަންދޫން މީހަކު ހައްޔަރުކޮށްފި

img_md_202604191030351776576635.6833.png

މަސްތުވާތަކެތީގެ މައްސަލައެއްގައި ބ. ދަރަވަންދޫން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައި ވަނީ ބ. ދަރަވަންދޫ / ވިލަރެސް، ޙުސައިން މުޒްލިފް (36އ) އެވެ.

އޭނާ ހައްޔަރުކުރީ ދަރަވަންދޫގައި މަސައްކަތްކުރާ ފުލުހުން ރަށުތެރެ ޕެޓްރޯލުކުރުމުގެ ތެރޭގައި ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައެވެ. މި އެޕްރީލް މަހުގެ 16 ވަނަ ދުވަހު އެ ރަށު މަގުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަތަރު ރަބަރު ޕެކެޓާއި ހަތަރު ސެލޯފިންކޮޅު ފެނިފައިވެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top