އިރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލައިފި

APTOPIX_Iran_War_97981-1.webp

މެދުއިރުމަތީގެ ހަނގުރާމައިގެ ހަމަލާ ބަދަލުކުރުން ހުއްޓާލާފައިވާ (ސީޒްފަޔާ އިއުލާނުކޮށްފައިވާ) މި ދަނޑިވަޅުގައި ހޮރްމުޒް ކަނޑުއޮޅި “އެއްކޮށް ހުޅުވާލައިފި” ކަމަށް އީރާނުން އިއުލާނުކޮށްފިއެވެ.

އިރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ މި ނިންމުން ނިންމީ އިޒްރޭލުން ލުބްނާނަށް ހަމަލާތައް ދިނުން މެދުކަނޑާލަން އެއްބަސްވުމާ ގުޅިގެން ކަމަށެވެ. އެގޮތުން ލުބްނާނަށް ހަމަލާތައް ދިނުން ހުއްޓާލަން އެއްބަސްވި 10 ދުވަހުގެ މުއްދަތާއި ހަމައަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް، އެ ސަރަހައްދު މިހާރު މުޅިން ހުޅުވާލާފައިވާ ކަމަށް އަރަގްޗީ ވިދާޅުވި އެވެ.

މިގޮތުން ދަތުރުކުރުމުގައި އަމަލުކުރަންވާނީ އީރާނުގެ ‘ޕޯޓްސް އެންޑް މެރިޓައިމް އޯގަނައިޒޭޝަން’ އިން ކުރިން ކަނޑައަޅައި އިއުލާންކޮށްފައިވާ ރޫޓުތަކަށް ކަމަށްވެސް ވިދާޅުވި އެވެ.

އިރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރީ އެމެރިކާ އާއި އިޒްރޭލުން އީރާނަށް ބޮން އަޅަން ފެށުމުންނެވެ. އިރާނަށް ދެމުންދާ ހަމަލާތައް މިހާރު މެދުކަނޑާލާފައިވާއިރު، އިރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކޮށް އެއްވެސް އުޅަނދަކަށް ވަދެ ނުނިކުމެވޭ ގޮތް އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ހަދައިފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލަން އިރާނުން ނިންމި ނަމަވެސް، އިރާނުގެ ހުރިހާ ބަނދަރުތަކެއް ބަންދުކުރަން ނިންމާފައިވާ ނިންމުން އެގޮތުގައި ދެމި އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމަށް ނިމުމެއް އަންނާނީ އިރާނުން ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top