އަންނަ ބުރާސްފަތި ދުވަހުން ފެށިގެން ވިލާ ގޭހުން، ވިއްކާ ކައްކާ ގޭހުގެ އަގު ބޮޑުވާނެ ކަމަށް ވިލާ ހަކަތައިން މިރޭ ބުނެފިއެވެ.
ވިލާ ހަކަތައިން ބުނި ގޮތުގައި، ބުރާސްފަތި ދުވަހާ ހަމައަށް މިހާރު ވެސް ވިއްކާ އަގުތަކުގައި ގޭސް ވިއްކާނެއެވެ. ނަމަވެސް އޭގެ ފަހުން، އަގުތައް ބޮޑުވާނެ ކަމަށް ވިލާ ހަކަތައިން ބުންޏެވެ.
މިހާރު ހުރި އަގުތަކަށް ބަލާއިރު 10 ކިލޯގެ ގޭސް ފުޅިއެއް ވިއްކަނީ 200 ރުފިޔާއަށެވެ. އަދި 20 ކިލޯގެ ގޭސް ފުޅިއެއް މިހާރު ލިބެނީ 350 ރުފިޔާއަށެވެ.
ނަމަވެސް ބުރާސްފަތި ދުވަހުން ފެށިގެން 10 ކިލޯގެ ގޭސް ފުޅިއެއް ދެން ވިއްކާނީ 350 ރުފިޔާއަށެވެ. އަދި 20 ކިލޯގެ ގޭސް ފުޅިއެއް ވިއްކާނީ 650 ރުފިޔާއަށެވެ.
ނަމަވެސް ވިލާ ގޭހުން ވިއްކާ އެންމެ ކުޑަ ފުޅި، ފަސް ކިލޯގެ ގޭސް ފުޅީގެ އަގު ބޮޑުކުރާނެ ވަރު އަދި ހާމައެއް ނުކުރެ އެވެ.





