އޭދަފުށި ޕީއެންސީ ޒުވާނުންގެ ފޯރިގަދަ ސައިކަލް ބުރެއް އިއްޔެ ހަވީރު އޭދަފުށީގެ ބޮޑެތި މަގުތަކުގައި ބާއްވައިފި އެވެ.
ރައްޔިތުންގެ މަޖިލިހުގެ އޭދަފުށީ ދާއިރާގެ އިއްޒަތްތެރި މެންބަރު، އަހުމަދު ސަލީމް ބައިވެރިވެ ވަޑައިގެންނެވި މި ސައިކަލް ބުރުގައި ޕީއެންސީގެ ވަރަށް ގިނަ އަދަދެއްގެ ޒުވާނުން ވަނީ ބައިވެރިވެފައެވެ.
ސައިކަލް ބުރު ކުރިއަށް ދިޔައީ ލޯކަލް ކައުންސިލް އިންތިޚާބު ޕީއެންސީ އަށް ކާމިޔާބަށް އެދި ފާޅުކުރަމުން ދިޔަ ޝުއޫރު ތަކާއި ފޯރިގަދަ ގައުމީ ލަވަތަކާއެކު ވަރަށް އެއްބައިވަންތަ، އެކުވެރި މާހައުލެއްގައެވެ.






