ތިން އިންތިޚާބުގެ ވޯޓުލުން ހޮނިހިރު ދުވަހު ހެނދުނު 8 އިން ހަވީރު4 އަށް

main_20251227_113507.jpg

އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު، އަދި ރައްޔިތުންގެ ފެންނަނުފެންނަ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 ޖަހަންދެން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

ވޯޓުލުމުގެ ވަގުތު ހަމަވުމުގެ ކުރިން ކިއުލައިންގައި ތިބޭ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ދެވޭނެ ކަމަށާއި. ނަމަވެސް ކަނޑައެޅިފައިވާ ވަގުތު ހަމަވުމަށްފަހު ކިއުއަށް އެރުމުގެ ފުރުސަތު ބަންދުވާނެ ކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

މި އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކުން އައިޑެންޓިޓީ ކަށަވަރުކުރުމަށްޓަކައި ޑިޖިޓަލް އައިޑީ ކާޑު ނުވަތަ “އީފާސް” ބޭނުމެއް ނުކުރެވޭނެއެވެ. ވޯޓުލާންދާ ކޮންމެ މީހަކުވެސް ގެންދަންވާނީ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ އަސްލު ކާޑު, ލައިސެންސް ނުވަތަ މުއްދަތު ހަމަނުވާ ޕާސްޕޯޓެވެ.

މިފަހަރުގެ ވޯޓުލުމުގައި ކޮންމެ އިންތިޚާބަކަށް ވަކި ވޯޓު ކަރުދާހެއް ބޭނުން ކުރާނެއެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބަށް އެއް ކަރުދާސް، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބަށް ދެވަނަ ކަރުދާސް، އަދި ރިފަރެންޑަމް ނުވަތަ ފެންނަނުފެންނަ ވޯޓަށް ތިންވަނަ ކަރުދާހެއް ވޯޓުލާ މީހާއަށް ދޫކުރެވޭނެއެވެ. މި ތިން ކަރުދާހުގައިވެސް ފާހަގަޖަހަންވާނީ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށެވެ.

ކޮންމެ މީހަކުވެސް ވޯޓުލާންޖެހޭ މަރުކަޒު ކުރިއާލާ އިލެކްޝަންސްގެ ވެބްސައިޓް މެދުވެރިކޮށް ޔަގީންކުރުމަށް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top