އޭދަފުށީ، ގާދޫ ޒާން މުހައްމަދު، ކީރިތި ޤުރްއާން ހިތުދަސްކޮށް ހާފިޒުކަމުގެ ސަނަދު ހާސިލް ކޮށްފި އެވެ.
އަލްހާފިޒް ޒާން މުހައްމަދު ޒަމީލު، ކީރިތި ޤުރްއާން ހިފްޒު ކޮށްފައިވަނީ އުމުރުން 19 އަހަރުގައި އިންޑިޔާގެ ކެރެލާގައި ހުންނަ ދާރުއްސަލާމް ހިފްޒުލް ޤުރްއާން ކޮލެޖް ގައެވެ.
މިކަމަށްޓަކައި ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތުގައި ޒާން އަށް ހާފިޒުކަމުގެ ސަނަދު ދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުއިއްޒުއެވެ. ޒާންްއާއެކު ރާއްޖޭގެ 31 ހާފިޒުންނަށްވެސް ހާފިޒުކަމުގެ ސަނަދު ދެއްވީ ރައީސް މުއިއްޒު އެވެ.
މި ރަސްމިއްޔާތުގައި ރަޢިސްގެ ދެކަނބަލުންގެ އިތުރުން ދައުލަތުގެ ވަޒީރުންނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ކީރިތި ޤުރްއާނާއި ބެހޭ ގައުމީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެލައްވާފައެވެ.
މި ރަސްމިއްޔާތުގައި ހާފިޒުންނަށް ރައީސް ދެއްވާ މެޑެއްޔާއި ޚާއްސަ އިނާމު 50 ހާފިޒުންނަށް ދެއްވާފައިވެއެވެ. މިއީ ހާފިޒުންގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މެޑެއްޔާއި އިނާމު ދެއްވި ފުރަތަމަ ފަހަރު ކަން ފާހަގަކޮށްލެވެއެެވެ.
މިއަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ހާފިޒުން ދަސްވެނިވި އަހަރުކަން އިސްލާމީކަންތައްތަަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ފާހަގަކުރައްވާފައެވެ. މި ޙާފިޒުންނާއެކު ރާއްޖޭގައި މިވަގުތު ތިބި ހާފިޒުންގެ ޖުމްލައަކީ 301 އެވެ.






