ސަމާލު! ޑެންގީ ހުން ފެތުރޭ މިންވަރު އިތުރުވެދާނެ

dengue-outbreak.jpg

ރާއްޖޭގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު މިދުވަސްވަރު އިތުރުވާނެތީ، މަދިރީގެ ކިބައިން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

މި އިލްތިމާސާއެކު އެޗްޕީއޭ އިން ވަނީ މަދިރި ހެފުމުން ރައްކާތެރިވެ، މަދިރި އާލާވާ ތަންތަން ނައްތާލައި، ފެން ހަރުލާފައި ހުންނަ ތަކެތި ހަފުތާއަކު އެއްފަހަރު ސާފުކުރުމަށް ނަސޭހަތްތެރިވެފައެވެ.

ޑެންގީ ހުން ޖެހިއްޖެނަމަ އަމަލުކުރަންވީ ގޮތްތަކާ ބެހޭގޮތުން އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. ބަލި ޖެހިއްޖެނަމަ ގިނައިން އަރާމުކުރުމާއި ދިޔާ ތަކެތި ބުއިން އިތުރުކުރުމަށް އެދިފައިވެއެވެ. އަދި ހަށިގަނޑަށް ފައިދާހުރި ކާނާ ބޭނުންކުރުމަށް ސަމާލުކަން ދިނުމާއެކު، ހުން މަޑުކުރުމަށް ޕެނެޑޯލް ނުވަތަ ޕެރެސެޓްމޯލް ފިޔަވައި އެހެން ބޭސްތައް ބޭނުން ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ ހުން ޖެހޭ މީހުންނަށް، އީޑީސް މަދިރި ހަފާތާ ދޭއް ނުވަތަ ހަތް ދުވަސް ތެެރޭގައި ބަލީގެ އަލާމާތްތައް ފެންނާން ފަށައެވެ. ބަލީގެ އަލާމާތްތަކުގެ ތެރޭގައި ތިރީސްނުވަ ޑިގްރީސެލްސިއަސް އަށްވުރެ މަތިން ހުން އައުމާއި، ގަދަޔަށް ބޮލާއި ގައިގައި ރިއްސުމާއި، ގައިގައި ރަތްބިހި ނަގައި، ހުޅުތަކުގައި ރިއްސުމާއި، ބަނޑުގައި ރިއްސައި ހޮޑުލެވުން ހިމެނެއެވެ.

މި ބަލީގެ ނުރައްކާތެރި އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ބަނޑުގައި ރިއްސުމާއި، އާދަޔާ ހިލާފަށް ވަރު ދެރަވެ، ހަށިގަނޑުގެ އެކި ތަންތަނުން ލޭ އައުން ހިމެނެއެވެ.

އެޗްޕީއޭއިން ބުނީ، ހުރިހާ ވައްތަރެެއްގެ މަދިރި ވެސް އެންމެ ގިނަ ވަނީ، ހެނދުނާއި ހަވީރުގެ ވަގުތުގައި ކަމަށާއި، އެ ވަގުތުތައް ނޫނަސް، މަދިރިން ރައްކާތެރިވުމަށް ހުރިހާ ވަގުތެއްގައި ވެސް ސަމާލުކަން ދޭންޖެހޭ ކަމުގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top