ރޯދަަ މަހު ބޭނުންކުރާ އަސާސީ ކާބޯތަކެތި އެސްޓީއޯގެ އައުޓްލެޓްތަކުން ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު އިތުރުކުރެވުނު ބާވަތްތަކާއެކު، ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭހެން އަސާސީ ކާބޯތަކެތީގެ 26 ބާވަތް އެސްޓީއޯގެ އައުޓްލެޓްތަކުން މި ރޯދަ މަހު ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށެވެ.
އެސްޓީއޯގެ އައުޓްލެޓެއް އޭދަފުށީގައި އަދި ރާއްޖޭޜތެރޭގެ އެހްނ ބައެއް ރަށްރަށުގައިވެސްވެސް ހުންނައިރު އެފިހާރަ ތަކުން އެސްޓީއޯ މާލޭ ފިހާރަތަކެކޭ އެއްފަދައިން ހެެޔޮ އަގުގައި ތަކެތި ލިބެން ހުންނާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެއެވެ.
އިކޮނޮމިކް މިނިސްޓްރީން އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ތަކެތި އެސްޓީއޯ އިން ވިއްކަން ފެށީ އޮކްޓޫބަރު 15، 2025 ގަ އެވެ.
އަސާސީ ބާވްތަކުގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް 10 މޭވާ އާއި 10 ތަރުކާރީ އަދި އެހެނިހެން ތިން ބާވަތެއްގެ ކާބޯތަކެތި އިތުރުކޮށް އަސާސީ ކާބޯތަކެތީގެ ލިސްޓް އާންމުކުރީ ސެޕްޓެމްބަރު މަހު އެވެ. އެބާވަތްތަކަކީ، ފިޔާ ،އިނގުރު ، ކެރެޓް ، ބަށި ދޮންކެޔޮ، އާފަލު ، އޮރެންޖް، ލުނބޯ، ޕެޝަންފުރުޓް، އަނބު، ފަޅޯ، ކަރާ ، މިރުސް، މޭބިސްކަދުރެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި ތަރުކާރީގެ ބާވަތްތަކަކީ: ފިޔާ، އިނގުރު، ކެރެޓް، ބަށި، ކައްޓަލަ، އަލުވި، ކެބެޖް، ބަރަބޯ، ބޯވެލި އަދި ލޮނުމެދެވެ.
އަސާސީ ކާބޯތަކެތީގެ ލިސްޓަށް ދެން އިތުރުކޮށްފައި ވަނީ ރީނދޫ މުގާއި ކުކުޅު ބިހުގެ އިތުރުން ކާއްޓެވެ.






