އެޓޯލް ބިޒްނަސް އެކްސްޕޯ އޭދަފުށީގައި

bmn-18.jpg

މާލެ ސަރަހައްދުން ބޭރުގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ވިޔަފާރި އެކްސްޕޯ, ”އެޓޯލް ބިޒްނަސް އެކްސްޕޯ“ ބ.އޭދަފުށީގައި ބާއްވަން ނިންމައިފި އެވެ.

އެކަން އިއުލާނު ކުރެއްވީ، ރާއްޖޭގައި ވިޔަފާރިއާ ގުޅުން ހުރި ބޮޑެތި އިވެންޓްތައް އިންތިޒާމު ކުރަމުން އަންނަ ހައި ރައިޒް ޕްރައިވެޓް ލިމިޓެޑްގެ ޑައިރެކްޓަރު، ސޭލްސް އެންޑް މާކެޓިން މަރިޔަމް މައިޝާ އެވެ.

މިއީ ހައި ރައިޒް ޕްރައިވެޓް ލިމިޓެޑާއި ބ. އަތޮޅު ކައުންސިލާއި އޭދަފުށީ ކައުންސިލް ގުޅިގެން ބާއްވަން ނިންމާފައިވާ އެކްސްޕޯ އެކެވެ.

މިކަމުގެ އެއްބަސްވުމުގައި އޭދަފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ކައުންސިލްގެ ރައީސް މުޙައްމަދު ފާތިހެވެ. ބ. އަތޮޅު ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ، ސެކްރެޓަރީ ޖެނެރަލް މުޙައްމަދު އިކްރާމެވެ. ހައި ރައިޒުގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިންގ ޑިރެކްޓަރ މަރިޔަމް މާއިޝާ އެވެ.

ސެކްރެޓެރީ ޖެނެރަލް އިކްރާމް ވިދާޅުވީ ބ. އަތޮޅަކީ ތަފާތު ކަންކަން ކުރުމަށް އިސްކަންދޭ ރައްޔިތުން ދިރިއުޅޭ އަތޮޅެއް ކަމަށާއި އެެހެން ކައުންސިލުތަކަށް ބ. އަތޮޅުން ދައްކަން ބޭނުންވަނީ އަތޮޅުތެރޭގައިވެސް ތަފާތު ގިނަ ބޮޑެތި ހަރަކާތްތައް ކުރިޔަށްގެންދެވިދާނެކަން ކަމަށެވެ. މި އެކްސްޕޯ އޭދަފުށީގައި ބޭއްވުމަކީ އެ އަތޮޅަށާއި އޭދަފުޓަށް ލިބޭ ބޮޑު ފަހުރެއް ކަމަށް އިކްރާމް ފާހަގަކުރެއްވިއެވެ.

“އުންމީދުކުރަނީ ކޮމިއުނިޓީއަށާއި އަތޮޅުގެ ވިޔަފާރިވެރިންނާއި މާލޭގައި ތިބި ބޮޑެތި ބްރޭންޑްތަކާ ވަރަށް ރަނގަޅު ގުޅުމެއް ގާއިމުވެ، ބ. އަތޮޅަކީ އިގްތިސޯދީ ގޮތުން ކުރިއެރުންތަކެއް ހޯދާނެ އަތޮޅެއް ކަމަށްވުން.” އިކްރާމް ވިދާޅުވިއެވެ.

މި އެކްސްޕޯގެ ސަބަބުން މާލޭގެ ބޮޑެތި ކުންފުނިތަކަށާއި މަޝްހޫރު ބްރޭންޑްތަކަށް، ރާއްޖެތެރޭގެ މާކެޓަށް ވަނުމަށް ފުރުސަތު ހުޅުވިގެން ދާނެކަމަށް ހައި ރައިޒް ޕްރައިވެޓް ލިމިޓެޑް އިން އުއްމީދު ކުރައްވަ އެވެ.

އެކްސްޕޯގައި ބައިވެރިވާ އެކި ޕާޓްނަރުން ވެސް މިހާރުވަނީ އިއުލާނުކޮށްފަ އެވެ. މިއެކްސްޕޯގެ މެއިން ސްޕޮންސަރުގެ އިތުރުން ސިލްވާ ސްޕޮންސަރަކީ، ބ. އޭދަފުށީ ރެޑް ސްޓާ އެވެ. ބެވަރޭޖް ޕާޓްނަރަކަށް ކޮކާކޯލާ ހަމަޖައްސާފައިވާ އިރު، ސައުންޑް އެންޑް ލައިޓްނިންގް ޕާޓްނަރަކީ މޯލްޑިވްސް މޫވްމެންޓްސް އެވެ. އަދި ޓެކްނޮލޮޖީ ޕާޓްނަރަކަށް ‘ފައި-އެސް ސިސްޓަމްސް’، އަދި ޓެބްލޮއިޑް ޕާޓްނަރަކީ އައިލެންޑް ޗީފެވެ.

މި އެކްސްޕޯގެ ފުރަތަމަ ބައިވެރިއަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އެވެ. އަދި އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުރިހާ ފަރާތްތަކަށްވެސް އޮތީ ހުޅުވާލައިފަ އެވެ.

”މި އިވެންޓް ކުރިޔަށްގެންދަން ނިންމާފައިވަނި ރޯދަމަސް ނިންމާފަ އީދު ޝޯއާއެއްކޮށް ހަ ރޯދަޔަށްފަހު ތިން ދުވަހަށް ދެމިގެންދާ ގޮތަށް.“ މައިޝާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top