ކެންސަރުން ދުރުވާން ދުފުން ހުއްޓާލަން ޖެހޭ

3452020551-5bda7b919c-b.jpg

ކައިގެން ނިކުންނަ ގޮތަށް ދުފުން ނުވަތަ ގެޔަށް ޒިޔާރަތްކުރާ މެހެމާނުންނަށް ވެސް ދުފާ ތަބަށް ދިއްކޮށްލުމަކީ ދިވެހީންގެ އާދައެކެވެ. ދިވެހިންނަކީ ޒަމާނުއްސުރެ ދުފުމަށް ފޯރި ހުންނަ ބައެކެވެ. ރާއްޖޭގައި ދިރިއުޅެމުން އަންނަ އުމުރުން ދޮށީ މީހުން މިއަދުވެސް ދުފުމުގެ ފޯރި ޒުވާން ދައުރެކޭ އެއްގޮތަށް ކުރިއަށް ގެންދާކަމީ ދިވެހިންގެ ސަގާފަތާއިވެސް ގުޅިފައި އޮތް ކަމެކެވެ.

އެހެންނަމަވެސް މި ނުބައި އާދައަކީ ނުރައްކާތެރި އަދި ސިއްހީ ގޮތުން ގޮތުން ބޮޑެތި ގެއްލުން ތަކެއް ލިބެމުން އަންނަ ކަން ގަބޫލު ކުރަނީ ކިތައް މީހުން ބާއެވެ.

ސުޕާރީ ނުވަތަ ނުދުފާ އެއްދުވަސް ވެސް ހޭދަ ނުކުރެވޭ ދިވެހިން ވަރަށް ގިނައިން އުޅޭކަމީ ގަބޫލުކުރަން ޖެހޭ ކަމެކެވެ. ޢާންމުކޮށް ކޮންމެ ދުވަހަކު ސުޕާރީކައި އުޅޭ މީހަކު ބުނިގޮތުގައި ފޫހިވިޔަސް ސުޕާރީ ކާލެވެއެވެ. ދުވާލަކު ކެވެނީ ކިތައްޕެކެޓު ސުޕާރީ ކަމެއް ގިނަ ޒުވާނުންނަކަށް ނުވެސް އެގެއެވެ.

އެކަމަކު ގަބޫލު ކުރަން ޖެހޭ$ ހަގީގަތަކީ ދުފުމުގެ ނުރަކާތެރި އާދައިން މަގުފަހިވަނީ، ނުރައްކާތެރި ކެންސަރަށް ކަމެވެ. ޚާއްސަކޮށް، އަނގަޔާއި ގޮހޮރުގެ ކެންސަރު ޖެހޭނެކަން ދިރާސާތަކުން ޔަގީން ކޮށްދެއެވެ.

އެތެރެހަށީގެ މަޝްހޫރު ޑޮކްޓަރު، ޑރ. މުހައްމަދު އަލީ ވިދާޅުވި ގޮތުގައި ފޯކަކީ ކެންސަރު ޖައްސާ އެންމެ މަތީ އެއް މާއްދާ އެވެ. އޭނާ ލަފާ ދެއްވަނީ މި ނުބައި އާދައިން މުޅި އާއިލާ ސަލާމަތް ކުރުމަށެވެ.

“މި ފެށެނީ ރޯދަ މަސް. އޭގެކުރިން ވެސް ދުފުން ހުއްޓާލެވޭތޯ ބަލަމާ. ދުފުން. ފޯއް އެކަންޏެއް ނޫން އެއާ އެކީގައި ދުންފަތް ލައިފިއްޔާ ކެންސަރު ޖައްސާ ޕަސެންޓޭޖު 50 އަށް ވެސް އިތުރުވެގެން ހިނގައިދާނެ ކަމަށް ދިރާސާއިން ދައްކާ” ޑރ. މުހައްމަދު ވިދާޅުވިއެވެ.

ފޯއް ފޮއްޗެއްގެ ފޮޓޯ ދައްކަވައި، ޑރ. މުހައްމަދު އަލީ އެދިވަޑައިގަތީ، އެކަމުން ދުރުވެ އޭގެ ބަދަލުގައި ފޮނި ތޮށި ކަހަލަ އެއްޗެހި ބޭނުން ކުރުމަށެވެ.

ދުފުމަކީ ގިނަ ދިވެހީންތަކެއް ދެވިހިފާފައިވާ ކަމަކަށްވާއިރު އެކަމުގެ ސަބަބުން އެންމެ އާއްމުކޮށް ޖެހޭ އަނގައިގެ ކެންސަރު ރާއްޖޭގައި ވެސް އަންނަނީ އިތުރުވަމުންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގައި އާބާދީގެ ނިސްބަތުން އަނގައިގެ ކެންސަރު ޖެހިފައިވާ އެންމެ ގިނަ މީހުން ތިބީ ދިވެހިރާއްޖޭގައެވެ.

ދުފުމާ ގުޅިގެން ދަތްތަކުގައި ރެނދުލުމަކީ ވެސް ރާއްޖޭގައި އާންމު މައްސަލައެކެވެ. ދުފުމާއި، ހަރު އެއްޗެހި ކެއުމުގެ ސަބަބުން ދަތްތަކުގައި ރެނދު ލައި، ދަތް ފަޅައިގެންދާ ހާލަތްތައް ވެސް ކުރިމަތިވެއެވެ.

އަނގަޔަށް މީރު ކޮށްލަން ކުރާ ކަމަކުން ތިމާގެ މުޅި ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވައްޓާލުމުގެ ބޭނުމެއް ނެތެވެ. މިއީ އަދުގެ ދިވެހިންވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމެކެވެ. މިއަދު ނުވި ރައްކަލެއް މާދަމާ ނުވެވޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top