ރަށް ތަރައްގީ ކުރަންވާނީ އެރަށެއްގެ ސިފަ ނުގެއްލޭ ގޮތަށް: އާދަމް ޝަރީފް

img-7471.jpeg

ރާއްޖޭގެ ރަށްރަށް ތަރައްޤީ ކުރަންވާނީ އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ނުގެއްލޭނެ ފަދަ ގޮތަކަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ބ. ދަރަވަންދޫއަށް އެކި ދާއިރާތަކުން ޚިދުމަތް ކުރެއްވި ފަރާތްތަކަށް އެވޯޑު ދިނުމަށް ބޭއްވި “މަގޭ ދަރަވަންދޫ އެވޯޑު 2025” ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

”މަގޭ ދަރަވަންދޫ އެވޯޑު 2025“ގެ ނަމުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ، ކޮންމެ ރަށަކީވެސް ވަކި ޚާއްޞަ ސިފަތަކެއް ލިބިގެންވާ ރަށެއް ކަމަށާއި، އެގޮތުން ދަރަވަންދުއަކީވެސް ޤުދުރަތީ ގޮތުން ވަރަށް ގިނަ ސިފަތަކެއް ލިބިގެންވާ ރަށެއް ކަމަށެވެ. އަދި ރަށްރަށަށް އުމްރާނީ ތަރައްޤީ ގެންނައިރު ނުވަތަ މުހިންމު މަޝްރޫޢުތައް ހިންގާއިރު އެ ރަށެއްގައި ހުންނަ ޚާއްޞަ ސިފަތައް ހިފެހެއްޓޭނެ ގޮތަކަށް ތަރައްޤީގެ މަޝްރޫއުތައް ހިންގުން މުހިންމުކަމަށް ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާ އިރު ބައެއް ރަށްރަށުގެ ރީތި މަލަ ގެއްލޭ ގޮތަށް އަތިރިމަތީގައި އެތައް އަހަރަކުން ހެދިފައިހުރި މަދު ބިޔަ ގަސްތައް ކަނޑައި ތަރައްގީގެ ނަމުގައި އިމާރާތްތަކާއި ކުޅިވަރު ކުޅޭ ތަންތަން ހެދުން ފަދަ ރަށުގެ ރީތިކަން ގެއްލޭ ކަންކަންކުރަމުން ދެއެވެ. އެއެކަން އެގޮތަށް ނުކޮށް ވެސް އެފަދަ ތަންތަން އެޅޭނެ އެހެން ބިންތައް ރަށުގައި ހުއްޓާވެސް މެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top