ޕެންޝަން ފައިސާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ ޕެންޝަން ކަނޑާލަން ގާނޫނަށް އިސްލާހެއް

KadpQ9aTzk1XiYFayvH5nIQ6tXI31eMmvO7K6vFd.jpg

ރައްޔިތުންގެ މަޖިލިސް ކުރާ ގެ

އުމުރުން ދުވަސްވީ މީހުންނަށް ޕެންޝަންގެ ގޮތުގައި ލިބޭ ފައިސާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ ޕެންޝަން ކަނޑާލަން ގާނޫނަށް އިސްލާހެއް ގެންނަން ސަރުކާރުން ހުށަހަޅައިފިއެވެ.

ޕެންޝަންގެ ގާނޫނަށް ގެންނަ މި އިސްލާހު ވަނީ ދައުރުން ބޭރުން މާދަމާ ބާއްވާ މަޖިލިސް ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.

ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެމްބަރު ހަސަން މުފީދު އަބްދުލް ގާދިރު ހުށަހަޅުއްވާފައިވާ މި ބިލުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގައި އުމުރުން ދުވަސްވީ މީހުންގެ އަސާސީ ޕެންޝަންގެ ގޮތުގައި ލިބިދެވޭ ފައިސާއަށް ވުރެބޮޑު އަދަދެއްގެ ފައިސާ އެމީހަކަށް އާމްދަނީގެ ގޮތުގައި ލިބޭ މީހުންނަށް އަސާސީ ޕެންޝަން ލިބި ނުދެވޭނެކަން ކަނޑައެޅުމެވެ.

މީގެއިތުރުން ގެދޮރު އިމާރާތް ކުރުމާއި ގެދޮރު މަރާމާތު ކުރުމުގެ ބޭނުމަށް ޕެންޝަން ފަންޑުގައިވާ ފައިސާ ކޮލެޓްރައިޒް ކުރެވޭނެކަން ކަނޑައެޅުމަށާއި، ޓާރމިނަލް އިލްނެސްގެ ހާލަތްތަކުގައި އެ ފަރާތަކަށް ޕެންޝަން ފަންޑުގައިވާ ފައިސާ ދޫކުރެވިދާނެކަން ކަނޑައެޅުމާއި، އެ ފައިސާ ދޫކުރުމުގެ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަކީވެސް މި ބިލުގެ ބޭނުމެކެވެ.

ހަމައެއާއެކު ހައްޖު ވުމަށްޓަކައި ކުރިއާ ލައި ޖާގަ ރިޒާވް ކުރުމަށް ޕެންޝަން ފަންޑުން ފައިސާ ބޭނުން ކުރެވިދާނެ ކަމަށް ކަނޑައެޅުންވެސް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top