މާދަމާ އިން ފެށިގެން ތެލެސީމިއާ ކުދިންނަށާއި މީހުންނަށް 1 ޖެނުއަރީން ފެށިގެން މަހަކު 2،000ރ. ގެ އެލަވަންސެއް ލިބޭ ގޮތަށް ހަމަޖައްސައިފި އެވެ.
މިކަން އިއުލާންކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާއި އެއްގޮތަށް މާދަމާ އިން ފެށިގެން ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތައް އިއުލާން ކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.
ތެލަސީމިއާ ކުދިންނަށް އެލަވަންސެއް ދެއްވާނެ ކަމަށް ރައިސް ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީން އާޓިފިޝަލް ބީޗު ސަރަހައްދުގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އެ ފައިސާ ދޫކުރާނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތެރެއިން ކަމަށް ވެސް ރައީސް އެރޭ ވިދާޅުވި އެވެ





