ކުރިއަށްއޮތް ހަފްތާ ބަންދުވެސް މެދުރާއްޖެތެރެއާއި އުތުރުގެ ރަށްރަށަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މީގެ އިތުރުން، ދެކުނުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށާއި، އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 8 މޭލާއި 18 މޭލުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލުވެސް ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ، މިއަދު ހެނދުނު 07:00 އިން މެންދުރު 13:00އަށެވެ. މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރައްވައެވެ.
މެޓުން ބުނި ގޮތުގައި، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވާރޭ ވެހޭ މިންވަރު މަދު ވާނީ އަންނަ ހޯމަ ދުވަހުން ފެށިގެނެވެ.
“އެކަމަކު ދެކުނަށް ހޯމަ ދުވަހުގެ ފަހުން ވެސް ދޭތެރެއަކުން ވިއްސާރަ ކުރާނެ،” މެޓުން ބުންޏެވެ.
އެ އަތޮޅުތަކަށް ވައި ޖެހޭނީ އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭލާ 18 މޭލު ބާރުމިނުގައި ކަމަށްވާއިރު، ދެކުނުގެ އަތޮޅުތަކަށް ވައި ޖެހެނީ އުތުރާއި އިރުއުތުރުން ގަޑިއަކު ފަސް މޭލާ 15 މޭލު ބާރުމިނުގައެވެ.
މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގައި ކަމަށްވާއިރު، ދެކުނުގެ އަތޮޅުތަކުގެ ކަނޑުތަކުގައި ރާޅު ހުންނާނީ ދެ ފޫޓާއި ފަސް ފޫޓާ ދެމެދުގެ އުސްމިނެއްގައި ކަމަށް މެޓުން ބުންޏެވެ.
މެޓުން ވަނީ، ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުދު ސަމާލު ވެސް ނެރެފައެވެ. އެއީ، ހެނދުނު 07:00 އިން 13:00އާ ހަމައަށެވެ.





