ކައުންސިލަރުން ސަސްޕެންޑްކުރުމުގެ ބާރު އެލްޖީއޭ އަށް

9gz7AkZe3vLrkmoRpCBWY8FT5on7yOngztyaaTN0.png

ލޯކަލް ގަވަމެންޓް އޮތޯރިޓީ

ލާމަރުކަޒީ ގާނޫނު އިސްލާހު ކުުރުމަށް މިދިޔަ ހަފްތާގައި މަޖިލީހުން ފާސް ކުރި ބިލު ގާނޫނަކަށް ވުމާއެކު، ކައުންސިލަރުން ސަސްޕެންޑްކުރުމުގެ ބާރު އެލްޖީއޭ އަށް ލިބިއްޖެއެވެ.

ކައުންސިލަރުންގެ އަދަދު މަދު ކުރުމުގެ ގޮތުން މަޖިލީހުން ފާސްކޮށްފައިވާ ބިލު ރައީސް ތަސްދީގު ކުރެއްވުމާއެކު، ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލަރުން ސަސްޕެންޑް ކުރުމުގެ ބާރު ވަނީ ދީފައެވެ.

އެގޮތުން އެ ގާނޫނުގެ 62 ވަނަ މާއްދާގައި ބުނާ ގޮތުން، އެއްވެސް ކައުންސިލަރެއް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ މަސްއޫލިއްޔަތުތައް އެކަށީގެންވާ ގޮތެއްގައި އަދާ ނުކުރެވޭ ނަމަ، ނުވަތަ އިހުމާލުވާ ނަމަ، ނުވަތަ ކައުންސިލްގެ ބާރުތަކާއި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފާނަމަ ނުވަތަ ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފަށް ކައުންސިލަރުންގެ އަމަލުތައް ބަހައްޓާ ނަމަ، އެފަދަ ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭއަށް ލިބިފައިވެއެވެ.

ހަމައެއާއެކު ކައުންސިލަރުންނާމެދު އެލްޖީއޭއަށް ފިޔަވަޅެއް އެޅޭނީ، ލޯކަލް ގަވަމަންޓް މިނިސްޓަރުގެ ހުއްދައަކާއެކު ހިންގާ ތަހުގީގަކަށް ފަހު ކަމަށާއި، އަދި އެކަންކަން ރަނގަޅު ކުރުމަށް އަންގައި، އިސްލާހު ނުކޮށްފިނަމަ، ތިން މަސްދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް އެކަމުގައި ޝާމިލުވި ކައުންސިލަރު މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ކުރުމުގެ ބާރު އެލްޖީއޭއަށް ލިބޭ ކަމަށް ގާނޫނުގައި ވެއެވެ.

އަދި ގާނޫނުގެ 62 ވަނަ މާއްދާގެ (ނ)ގެ ފަހަތަށް އިތުރު ކުރި މާއްދާގައި ބުނެފައިވަނީ، އެލްޖީއޭއަށް ފާހަގަކުރެވުނު ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، އެ ކަންކަމުގައި ޝާމިލުވި ކައުންސިލަރާމެދު ނުވަތަ ރައީސް އާއިމެދު ނުވަތަ މޭޔަރާމެދު ވަގުތުން ފިޔަވަޅު އަޅަން ޖެހޭކަމަށް އެ އޮތޯރިޓީއަށް އެކަށީގެންވާ ސަބަބުގެ މައްޗަށް ބިނާކޮށް ފެނިއްޖެ ނަމަ، އިންކުއަރީ ރިޕޯޓުގެ މައްޗަށް ބިނާކޮށް އެ ކައުންސިލަރާ މެދު ވަގުތުން ފިޔަވަޅު އެޅުމުގެ ބާރު އެލްޖީއޭއަށް ލިބިގެންވާ ކަމަށެވެ.

މަޖިލީހުން މިދިޔަ ބުރާސްފަތި ދުވަހު މި ބިލު ފާސްކުރީ 54 މެންބަރުންގެ ވޯޓުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top