ޑްރަގު ވިއްކާ ބޯ މީހުންނަށް މިނިސްޓަރުގެ އިންޒާރު: އެހެންކަމަކާ އުޅޭ! ރާއްޖޭގައި ނޫޅެވޭވަރު ކުރާނަން

ihsasasaa.jpeg

ރާއްޖޭގައި ޑްރަގު ވިއްކާ އަދި ބޯ މީހުން ދެން ރާއްޖޭ ނޫޅެވޭ ވަރަށް އުނދަގޫ ކުރާނެ ކަމުގެ ވަރުގަދަ އިންޒާރު ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ދެއްވައިފި އެވެ.

ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ހާއްސަ ކޮށްގެން މިއަދު ފަތިހު 5:30 އިން ފެށިގެން ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންދާ އިރު މި އޮޕަރޭޝަންގެ ދަށުން 100 އަށް ވުރެން ގިނަ ތަންތަން ބަލާ ފާސް ކުރާން ނިންމާފައިވެ އެވެ. އަދި މި އޮޕަރޭޝަން މިހާތަނަށް 90 ގިނަ މީހުން ހައްޔަރު ކޮށްފައިވެ އެވެ.

ފުލުހުން މިއަދު ބުނީ، 500 އަށްވުރެ ގިނަ ފުލުހުންނާއެކު ފަށާފައިވާ މި އޮޕަރޭޝަނަކީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް މުޅި ރާއްޖެ ހިމެނޭގޮތަށް ފަށާފައިވާ އޮޕަރޭޝަނެއް ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންގެވުމުގެ މަތިން ފުލުހުން ފަށާފައިވާ ޚާއްސަ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގައި، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސްކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށްދާ ކަމުގައި ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަނާއި ގުޅިގެން އިހުސާން ވިދާޅުވީ ޑްރަގުގެ ވިޔަފާރި ކުރަމުން ދިޔަ ފަރާތަކުން މިއަދުން ފެށިގެން ރާއްޖޭގައި އެކަން ކުރަން ފުރުސަތު ނުދޭނެ ކަމަށާއި އެމީހުން ދެން ޖެހޭނީ އެމީހުން ކުރަމުން އެއައި ވިޔަފާރަ ހުއްޓާލަން ކަމުގަ އެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ނޯތު ޕޮލިސްގެ ކޮމާންޑަރ ޗީފް ސުޕްރިޓެންޑެންޓް އިބްރާހިމް ނަބީލް ވިދާޅުވީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އުތުރުގެ ރަށްރަށުން 17 ގެއެއް ބަލައި ފާސްކޮށް، 12 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ބަލައި ފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތްތައް ކަމުގައިވާ ކެނެބިސް، މެތު އަދި ހެރޮއިންކަމަށް ޝައްކުކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ނަބީލް ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ފުލުހުންގެ އެކި ބަހާތައް ބަހާލައިގެން މިއަދު ފަތިހު 5:30 ގައި ފެށި މި ޚާއްސަ އޮޕަރޭޝަންގެ ތެރެއިން 100 އަށްވުރެ ގިނަ ތަންތަން މިހާތަނަށް ބަލައިފާސް ކޮށްފައިވާ ކަމަށާއި 90 އަށްވުރެ ގިނަ މީހުން މިހާރު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ކަމުގައި ވެސް މިނިސްޓަރު ވިދާޅުވިއެވެ.

”އަޅުގަނޑުމެންނަށް ގިނަ އަދަދެއްގެ ފައިސާއާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކޮށްފައިހުރި ސިނގިރޭޓާއި މަސްތުވާތަކެތީގެ އެކި ބާވަތްތައް މި އޮޕަރޭޝަންގައި މިހާތަނަށް ވަނީ ނަގާފަ.“ މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ރައީސް މުޢިއްޒު ދެއްވަން ބޭނުންވާ މެސެޖަކީ، މަސްތުވާތަކެތިން ރާއްޖެ ސަލާމަތް ކުރުމަށް މި ސަރުކާރުގައި ކެނޑިނޭޅި މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މި އޮޕަރޭޝަން ކުރިއަށްދާ ކަމަށާއި މި އޮޕަރޭޝަން ކުރިއަށްގެންދަނީ 6 މަސް ދުވަހުން ފުލުހުން އެއްކުރި އިންޓަލެޖެންސް މަޢުލޫމާތަށް ބިނާކޮށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top