ހޮންގް ތައި ހާބަލް އިންހޭލާ ފޯމިއުލާ 2 ، ބޭނުން ނުކުރަން އަންގައިފި

main_20251029_183713.jpg

އަރިދަފުސް ރޯގާ ޖެހުމުން އާއްމުކޮށް ބޭނުންކުރަމުން އަންނަ ހޮންގް ތައި ބްރޭންޑްގެ ހާބަލް އިންހޭލާ ފޯމިއުލާ 2 ގައި ސަލާމަތީ މިންގަނޑުތަކާ ޚިލާފަށް ޖަރާސީމް އެކުލެވޭ ކަން ފާހަގަކުރެވި، މި އިންހޭލާ ބޭނުން ނުކުރުމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އަންގައިފިއެވެ.

މެޑިކަލް ސައިންސަސް ޑިޕާޓްމަންޓުން ހޮންގް ތައި ކޮމާޝަލް ހަރބަލް ޕްރޮޑަކްޓްސް އުފައްދާ ތަނުން ނެގި ސާމްޕަލްތައް ބޭނުންކޮށްގެން ހެދި ލެބޯޓަރީ ތަހުލީލުތަކުން ، މި އިންހޭލާ ގައި ޓޯޓަލް އެއަރޯބިކް މައިކްރޯބިއަލް ކައުންޓް، ޓޯޓަލް ކޮމްބައިންޑް ޔީސްޓްސް އެންޑް މޯލްޑް ކައުންޓް، އަދި ކްލޮސްޓްރިޑިއަމް ޖަރާސީމް ހުންނަންވީ މިންވަރަށްވުރެ މާ ގިނައިން އެކުލެވޭ ކަމަށް ދައްކައެވެ.

އެފްޑީއޭ އިން ބުނި ގޮތުގައި، G 309/62 ނަންބަރުގައި ރަޖިސްޓަރީކޮށްފައިވާ މި އުފެއްދުމަކީ، 2021 ވަނަ އަހަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތްގެ ސާފުކަމާއި ކޮލިޓީގެ މިންގަނޑުތަކަށް ނުފެތޭ އުފެއްދުމެކެވެ. މިގޮތުން އަސަރުކޮށްފައިވާ ބެޗަކީ ނަންބަރު 000332 އެވެ. މި ބެޗް އުފެއްދި ތާރީޚަކީ 9 ޑިސެމްބަރ 2024 އަދި ބޭނުންކުރުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 8 ޑިސެމްބަރ 2027 އެވެ.

މި އުފެއްދުން ގަތުމާއި ބޭނުންކުރުމުން ދުރުހެލިވުމަށް އެފްޑީއޭ އިން އެދެއެވެ. އެއީ ހާބަލް ޕްރޮޑަކްޓް އެކްޓް ބީ.އީ. 2562 (2019) ގެ ސެކްޝަން 60 (2) ގެ ދަށުން މި އުފެއްދުމަކީ މިންގަނޑުތަކާ ނުގުޅޭ ނުވަތަ “ސަބްސްޓެންޑަރޑް” އުފެއްދުމެއް ކަމަށް ބެލެވޭތީއެވެ.

ތައި މެޑިކަލް ސައިންސަސް ޑިޕާޓްމަންޓުން ވަނީ މިފަދަ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ދެ އަހަރަށް ޖަލަށްލުމާއި 200,000 ތައި ބާތު އާއި  ހަމައަށް ޖޫރިމަނާ ކުރުމުގެ ފިޔަވަޅު އެޅޭނެކަމަށް ބުނެފައެވެ.

މިބާވަތުގެ ބާމަކީ ރާއްޖޭގެ ބައެއް ފިހާރަތަކުންވެސް ލިބެންހުންނަ ގިނަބަޔަކު ބޭނުންކުރާ އެއްޗެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top