އޭ ލެވެލްގެ ކިޔެވުން ފަށައިފި

448320417_977308160851745_5971656683962402070_n.jpg

ފޮޓޯ؛ ބ.އަތޮޅު ތައުލީމީ މަރުކަޒު.އެފްބީ

ޖުމްލަ 3،200 ދަރިވަރުންނާ އެކު އޭ ލެވެލްގެ ކިޔެވުން މިއަދު ފަށައިފި އެވެ.

އޯލެވެލްގެ ކިޔެވުން ފެށުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ދެއްވި މެސެޖުގައި ވަނީ ގަދަ އަޅާ ކިޔެވުމަށް ދަރިވަރުންނަށް ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.

“މަތީ ސާނަވީ މަރުހަލާ، މިއަދު ތި ކުދިން މި ފެއްޓި މަރުހަލާގެ ތައުލީމަކީ ދިރިއުޅުމަށް ތިޔަ ކުދިން ނެރުމަށްޓަކައި މަދުރަސީ ތައުލީމީ ނިޒާމުގެ އެންމެފަހު މަރުހަލާ،” ޝަފީއު ވިދާޅުވި އެވެ.

ޔުނިވާސިޓީއަކަށް ކިޔަވަން ދިއުމުގެ ކުރިން ނުވަތަ ކުންފުންޏެއްގެ ވަޒީފާ އަދި އަމިއްލަ މަސައްކަތެއް ފެށުމަށް ބޭނުންވާ ހުނަރާއި ގާބިލުކަން މި މަރުހަލާގައި ދަރިވަރުންނަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ ކިޔެވުން މިއަދު ފަށާފައިވާއިރު އިތުރު 13 ސްކޫލެއްގައި ވަނީ އޭލެވެލް އަށް ކިޔަވައި ދޭން ފަށާފައެވެ.

އެހެންކަމުން މިހާރު މަތީ ސާނަވީ އަށް ކިޔަވައިދޭ ސަރުކާރުގެ ސްކޫލްތަކުގެ އަދަދު 66 އަށް އެރީއެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުީ މި އަހަރު އޯ ލެވެލް ނިންމި ކުދިންގެ 49 ޕަސެންޓް ކުދިން މަތީ އޭ ލެވެލް އަށް ކިޔަވާ ކަމަށެވެ. މިދިޔަ އަހަރު އެ ނިސްބަތް އުޅުނީ 33 ޕަސެންޓްގަ އެވެ.

ރާއްޖޭގައި އޭ-ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ކުދިންނަށް ދިނުމުގެ ގޮތުން ގްރޭޑް 11 އަދި 12 އަށް ދަރިވަރުން ވައްދާ ކްރައިޓީރިއާ ދަށްކޮށް އިސްލާހެއް ގެނައީ މިދިޔަ މަހުގެ ތެރޭގައެވެ.

އުސޫލު ބަދަލުކޮށް، އޭ-ލެވެލްއަށް ދަރިވަރުން ވެއްދޭނެ ތިން ގޮތެއް ކަނޑައަޅައިފައިވެއެވެ. އެއީ، އެކަޑެމިކް ސްޓްރީމްތަކާއި، ވޮކޭޝަނަލް އެޑިޔުކޭޝަންގެ އިތުރުން މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ.

އޭލެވެލްއަށް ކިޔަވާ ކުދިންގެ ދިރާސީ އަހަރު މިއަދު ފެށުމާ ގުޅިގެން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، އޭލެވެލް ކިޔަވަން މި އަހަރު ވަތް ކުދިންގެ އަދަދު އިތުރުވުމުން ހާމަވަނީ، ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލުގެ މަގްސަދު ހާސިލުވާކަން ކަމަށެވެ.

މިދިޔަ އަހަރު 6،700 ދަރިވަރުން އޯ ލެވެލް ނިންމި އިރު،އޭގެ ތެރެއިން އޭ އެ ލެވެލް އަށް ކިޔަވަން ފެށީ 2،100 ދަރިވަރުންނެވެ. މި އަހަރު 6،500 ދަރިވަރުން އޯ ލެވެލް ނިންމި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top