އަތޮޅު ފެރީތަކަށް ހެންވޭރު ފެރީޓާމިނަލް ބޭނުން ކުރެވޭގޮތް ހަދައިފި

b_ljh0ug1UVxkDJ7UHfzG0mV9wf.jpg

ރާއްޖެތެރެއަށް ދަތުރުކުރާ ލޯންޗު ފެރީތަކަށް ހެންވޭރު އެމްޓީސީސީގެ ފެރީ ޓާމިނަލް ބޭނުން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އެ އިންތިޒާމު ހަމަޖެއްސީ ފެރީތަކުން ބޭނުންކުރަމުން އަންނަ އެމްއެމްއޭ ސަރަހައްދު، ބޮޑުތަކުރުފާނު މަގު ފުޅާކުރުމުގެ މަސައްކަތް ކުރުމަށް، ބަންދުކުރުމާ ގުޅިގެން ފެރީތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ކަމަށެވެ.

އެހެންކަމުން ފުރުމުގެ ދިހަ މިނެޓު ކުރިން އެ ޓާމިނަލަށް ގާތްކޮށް ފުރުމުގެ އިންތިޒާމު ކުރިއަށް ގެންދެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top