ނޫސްވެރިން އެކްރެޑިޓްކުރުމާ ބެހޭ އުސޫލު އާންމުކޮށްފި

hb-22.jpg

ނޫސްވެރިން އެކްރެޑިޓް ކުރުމާ ބެހޭ އުސޫލެއް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެކުލަވާލައި އާންމު ކޮށްފި އެވެ.

މި އުސޫލުގެ މަގުސަދަކީ، ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަކީ ތަމްރީނު ލިބިފައިވާ ފަރާތްތަކެއް ކަން ކަށަވަރުކޮށް، ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން ކަމަށް ވެއެވެ.

އޭގެ ތެރޭގައި، ނޫސްވެރިންގެ ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށް ބާރުއެޅުމާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ތަޢުލީމާއި ތަޖުރިބާ ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން، ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލުމާއި، ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފާސް ދޫކުރުން ވެސް މި އުސޫލުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

މި އުސޫލުގެ ދަށުން އެކްރެޑިޓްކުރެވޭ ފަރާތްތައް

* އެޑިޓަރުން
* ރިޕޯޓަރުން/ޖާނަލިސްޓުން
* ޕްރެޒެންޓަރުން
* ލިޔުންތެރިން
* ކޮލަމިސްޓުން
* ފޮޓޯ ޖާނަލިސްޓުން/ފޮޓޯގްރާފަރުން
* ވީޑިއޯ ޖާނަލިސްޓުން/ވީޑިއޯގްރާފަރުން

އުސޫލުގެ ދަށުން އެކްރެޑިޓްކުރާ މީހުންނަކީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި މިދެ ދާއިރާއާ ގުޅުން ހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) ލެވެލް ތިނެއް ނުވަތަ ނޫސްވެރިކަމުގެ ދާއިރާ އިން މަދުވެގެން ތިން އަހަރުގެ ތަޖުރިބާ ހުރި މީހަކަށް ވާން ޖެހެ އެވެ

އަދި އުސޫލުގައިވާ ގޮތުން އެކްރެޑިޓް ކާޑު ދޫކުރާނީ ކަނޑައަޅާފައިވާ ދާއިރާތަކަށް އަހުލުވެރިވެފައިވާ މިންވަރު ވަޒަންކުރުމަށް ފަހު އެވެ. އޭގެ ތެރޭގައި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ބްރޯޑްކާސްޓް ކުރުމުގައި ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް އަދި ބްރޯޑްކާސްޓް ކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް ހިމެނެ އެވެ.

މި އުސޫލަށް އަމަލުކުރަން ފަށަން ހަމަޖެހިފައިވަނީ އުސޫލު ޝާއިއުކުރާތާ ހަ މަސް ފަހުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top