ކޮފްސީ ސިރަޕް ބޭނުންކުރުން މަނާކޮށްފި

large_1755691986194Cnz.jpg

ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ”ކޮފްސީ ސިރަޕް“ ގައި ކޮލިޓީގެ މައްސަލަތަކެއް ހުރިކަން ފާހަގަވެ، އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން މަނާކޮށްފިއެވެ.

”ކޮފްސީ ސިރަޕް“ އަކީ ކެއްސުން ރަނގަޅު ކުރުމަށް ޑޮކްޓަރުން ދޭ ބޭހެކެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ކުރި އިއުލާނުގައި ބުނީ އެ އޮތޯރިޓީން ބޭސްތަކުގެ ރައްކާތެރިކަމާއި ކޮލިޓީ ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކޮފްސީ ސިރަޕްގައި ކޮލިޓީގެ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވުނު ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ބޭސް ރާއްޖެއަށް އެތެރެކުރުމާއި، ވިއްކުމާއި، ބޭނުންކުރުން އެ އޮތޯރިޓީން ވަނީ މަނާކޮށްފައެވެ.

އެކަމާ ގުޅިގެން މިވަގުތު ރާއްޖޭގައި އާއްމުކޮށް ބޭނުންކުރާ ބޭސްތަކުގެ މާކެޓް ސާވައިލަންސް ކުރުމުގެ މަސައްކަތުގެ ތެރެއިން ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތްތައް ކުރަމުންދާ ކަމަށް ވެސް އެމްއެފްޑީއޭއިން ބުންޏެވެ.

މިބޭސް ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް އެއްވެސް މީހަކަށް ސިއްޙީ ގޮތުން މައްސަލައެއް ކުރިމަތިވެ އެފަދަ ރިޕޯޓެއް އެމްއެފްޑީއޭއަށް ލިބިފައި ނުވާކަމަށްވެސް ބުނެފައިވެ އެވެ.

އެހެންކަމުން އެއްވެސް ފާމަސީއެއްގައި ނުވަތަ އެހެންވެސް ތަނެއްގައި އެ ބޭސް ހުރިނަމަ، ބޭސް ނައްތާލުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ނައްތާލުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.

އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް ބޭނުންވާ މީހުން އެމްއެފްޑީއޭގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިން ވަނީ އެދިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top