ރާއްޖޭގެ 55 ރަށެއްގައި ކައުންސިލް އިދާރާ އިމާރާތް ކުރުމަށް މެލޭޝިޔާގެ ކުންފުންޏަކަށް ދިނުމަށްފަހު އެއްބަސްވުން ބާތިލްކުރި މަޝްރޫއު، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ އިއްޔެ ހަވާލުކޮށްފި އެވެ.
އާންމުކޮށް އިއުލާނު ކުރުމެއް ނެތި، މި މަޝްރޫއު އާރްސީސީއަށް ހަވާލުކޮށް ސޮއިކުރީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ.
މިނިސްޓްރީން ބުނީ، މި މަޝްރޫގެ އަމަލީ މަސައްކަތް މި މަހުގެ ތެރޭގައި ފަށާނެ ކަމަށާއި މި މަޝްރޫގައި ހިމެނޭ 55 ކައުންސިލް އިމާރާތުގެ މަސައްކަތް އެއް އަހަރު ތެރޭގައި ނިންމާނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓްގައި ކައުންސިލަށް ބޭނުންވާ ފަރުނީޗަރާއި ވަށާފާރު ހިމެނޭނެ ކަމަށްވެސް ބުންޏެވެ.
މި މަޝްރޫއު އެންމެ ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓަ ގްލޯބަލް ކުންފުޏާއެކު ވެފައިވާ އެއްބަސްވުން ބާތިލު ކުރީ ، ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް އެ ކުންފުނިން ބަލައިނުގަތުމުންނެވެ.






