އަބުރާބެހޭ މީހުން ގިޔާމަތްދުވަހު ވާހުށީ ބަގުރޫޓުވެފައިވާ މީހެއްގެ ގޮތުގައި: ޚުތުބާ

413454_3_59939527150385d0fd96808baa3cfb1edc71b98a_large-1.jpg

އޭދަފުށި، މަސްޖިދު މުހައްމަދު އަލީ

އަބުރާ ބެހުމަކީ ވަރަށް ނުރައްކާތެރި ބިރުވެރި ކަމެއް ކަމަށާއި، އެކަމުގެ ސަބަބުން ގިޔާމަތްދުވަހު އެމީހަކު ވާހުށީ ބަގުރޫޓުވެފައިވާ މީހެއްގެ ގޮތުގައި ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

”އަބުރު ޙިމާޔަތްކުރުން“ މިމައުޟޫއަށް ޚާއްސަ ކޮށް މިއަދުގެ ހުކުރު ޚުތުބާގައި ބުނީ، މިއަދުގެ ހާލަތަށް ވިސްނާއިރު އެންމެ ގިނައިން ފެންނަ އެއްކަމަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށާއި އެގޮތުން ހައްގަކާއި ނުލައި މީހަކު މަރައިލުން ހަރާމްވާ ފަދައިން އަދި މީހެއްގެ މުދާ އަތުލައިގަތުން ހަރާމްވާ ފަދައިން އަބުރަށް އަރައިގަތުމަކީ ހަރާމް ކަމެއް ކަމަށެވެ.

ނަމަވެސް މިއަދުގެ މުޖްތަމައުގައި އެންމެ އާންމުވަމުންދާ އެއް ފާފައަކީ މީހުންގެ އަބުރަށް އަރައިގަތުން ކަމަށާއި ތެދެއް ދޮގެއް ބެލުމެއްނެތި އެ މީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނިކުންނާނެ ނަތީޖާއަކަށް ނުވިސްނާ ކަމަށް ޚުތުބާގައި ބުންޏެވެ.

”ޒިންމާދާރުކަމެއް ނެތި ދުލުން ނުވަތަ ގަލަމުން ފަތުރާ ދޮޮގު ވާހަކައެއްގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުން ހަލާކުވެ، އާއިލާތައް ރޫޅި މުޖްތަމައު ބައިބައިވުންގެ ސަބަބަކަށް އެކަންތައްތައްވެ.“ ޚުތުބާގައި ބުންޏެވެ.

އިސްލާމްދީން ވަނީ އިންސާނާގެ އަބުރު ރައްކާތެރިކޮށްދެއްވައި ހިމާޔަތްކޮށްދެއްވާފައި ކަމަށާއި މީހުންގެ އައިބުތައް ހޯދައި އެ މީހުން ފަލީހަތްކުރުން އިސްލާމްދީން ނަހީކުރައްވާފައިވާ ކަމަށާއި މީހެއްގެ ކުށްތައް ވަންހަނާކޮށް އަބުރު ރައްކާތެރިކޮށްދޭ މީހާގެ ކުށްތައް މާތް ﷲ ދުނިޔެއާއި އާޚިރަތުގައިވެސް ވަންހަނާ ކޮށްދެއްވާނެ ކަމަށްވެސް ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ވަނީ މީހެއްގެ އަބުރު ކަތިލެވިފައިވާނަމަ އެމީހެއްގެ ކިބައިން މައާފަށް އެދި ހިތްހަލާލު ހޯދުމަށާއި އަދި ފާޅުގައި އެންމެހައި މީސްތަކުންނަށް ފެންނަ ގޮތައް ނުވަތަ މީހެއްގެ އަބުރައް އަރައިގަނެވިފައިވާނަމަ ފާޅުގައި އެކަމަށް މާފަށް އެދި އެކަން އިސްލާހުކުރުމަށް ނަސޭހަތްތެރިވެފަ އެވެ. އަދި ސިއްރިއްޔާތުގައި މިފަދަ ކަމެއް ކުރެވިފައިވާ ނަމަވެސް މާފައް އެދި ތައުބާވެ، ވަގުތު ފާއިތުވުމުގެ ކުރީން މާތްﷲގެ މަގަށް ރުޖޫއަވުމަށް ވެސް ނަސޭހަތްތެރިވެފައިވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top