ބ.އަތޮޅު ތިން ރަށެއްގެ ސިއްހީ މަރުކަޒު އިމާރާތް ކުރަން ހަވާލުކޮށްފި

Gxw_6QbWMAApmP2-2048x1366-1.jpg

ބ.ހިތާދުއާާއި މާޅޮހާއި ދޮންފަނުގެ ސިއްހީ މަރުކަޒު އިމާރާތުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި އެވެ.

ފެނަކައާ ހަވާލުކޮށްފައި ވަނީ ހިތާދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތާއި މާޅޮހާއި ދޮންފަނު ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތެވެ.

ހިތާދޫ ސިއްހީ މަރުކަޒު އިމާރާތް ކުރުމަށް ފެނަކައާ ހަވާލުކުރީ 33.7 މިލިޔަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިން މާ ގޮތަށެވެ. މާޅޮހާއި ދޮންފަނުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 12.1 މިލިޔަން ރުފިޔާއަށް 545 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

މާޅޮހާއި ދޮންފަނުގެ ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ވޯޑަކާއި، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ގަރާޖް އަދި ސްޓޯރ ރޫމް އަދި ޕޯޓިކޯ އާއި ވަށާފާރު އިތުރުކުރެވިގެން ދާނެ އެވެ.

ހިތާދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތުގެ ޕްރޮޖެކްޓުގެ ދަށުން ވޯޑަކާއި، ލެބޯޓްރީ، ނާސް ސްޓޭޝަން، ޕްރޮސީޒަރ ރޫމް، ލޯންޑްރީ އަދި ސްޓޯ ރޫމެއް އިތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top