ވައިގެ ބާރުމިން ގަޑިއަކު 50 މޭލުގެ ބާރުމިނުގައި ހުންނާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީސް ) އިން ޔެލޯ އެލާޓް ނެެފި އެވެ.
ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފައިވާ އިރު ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ އެހެން ހިސާބުތަކަށް ވަނީ ވައިޓް އެލާޓް ވަނީ ނެރެފައެވެ. އެގޮތުން އއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ވެސް ވައިގަދަވާނެކަމަށް ލަފާކޮށެވެ. މެޓް އޮފީހުން ބުނީ ވައިޓް އެލާތް ނެރެފައިވާ ސަރަހައްދަށް ގަޑިއަކު 19-24 މޭލާ ދެމެދުގައި ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މެޓުން ބުނީ ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ ރިކޯޑުތަކުން ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ބ. ދަރަވަންދޫއަށްށެވެ. ދަރަވަންދޫއަށް 44.5 މިލިމީޓަރުގެ ވާރޭވެހިފައިވެއެވެ.







