ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސް، އުދައެރުން އެކަށީގެންވޭ: މެޓް އޮފީސް

IMG_20200724_134101732-1.jpg

މޫސުން ގޯސް ދުވަހެއް.

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެ ކަމަށާއި އުދައެރުން ވެސް އެކަށީގެންވާ ކަމުގައި މޫސުމާބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން  ބުނެފިއެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން މިހާރުވަނީ ހއ އަތޮޅުން ފެށިގެން އދ އަތޮޅާ ހަމައަށް ހުދު ސަމާލުގެ އެލާޓެއް ނެރެފައެވެ. މި އެލާޓުގައި ބުނެފައިވަނީ ކުރިއަށް އޮތް ގަޑިތަކުގައި ވިލާގަނޑުގައި ވައިގަދަވެ، ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. މި އެލާޓުގެ މުއްދަތަކީ މިއަދު ހަވީރު 4:30 އާ ހަމައަށެވެ.

މެޓް އޮފީހުން ދިން މައުލޫމާތުގައިވާ ގޮތުން، މިހާރު ވިލާގަނޑުގައި ގަޑިއަކު 40 މޭލުގެ ބާރުމިނެއްގައި ވައި ޖެހެމުންދާއިރު، ކުރިއަށް އޮތް ގަޑިތަކުގައި ވައިގެ ބާރުމިން އިތުރަށް މަތިވާނެއެވެ. ހަމައެއާއެކު ކަނޑުތައްވެސް މިހާރު އާދައިގެ ވަރަކަށްވުރެ ގަދަވެފައި، ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވާނެކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ސަރަހައްދުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެކަމަށްވެސް މެޓުން ލަފާކުރެއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި، މި މޫސުން އާންމުކޮށް ފަށަނީ މޭ މަހުގެ ފުރަތަމަ ބައިގައި ކަމަށް މެޓުން ބުނެއެވެ. މި އަހަރު ހުޅަނގު މޫސުން ފެށިފައިވަނީ މޭ 7 ވަނަ ދުވަހު ދެކުނުގެ އަތޮޅުތަކަށް ކަމަށާއި، އެއީ އާދައާ އެއްގޮތަށް ކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށާއި، މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top