ކައުންސިލް އިންތިޚާބަށް ކުރިމަތިލާން ހުުޅުވައިލާނީ މާރިޗު މަހު

ލޯކަލް ކައުންސިލް އިންތިޚާބެއްގައި ވޯޓުލާން ގޮސްތިބި ބައެއް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލު އިންތިޚާބަށް ކުރިމަތިލާން ހުޅުވައިލާނީ އަންނައަހރު މާރިޗުމަހު ކަމަށް އިލްކްޝްން ކޮމިޝަނުން ހާމަކޮށްފި އެވެ.

އެކޮމިޝަންގެ ނާއިބު ރައީސް ޢަބްދުއްރަޙްމާން ޞަލާހު ރަޝީދު ، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގާނޫނުގައިވާ ގޮތުން ކައުންސިލު ތަކުގެ ދައުރު ހަމަވުމުގެ 45 ދުވަސް ކުރިން އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށެވެ.

އެހެންކަމުން އިންތިޚާބު އޭޕްރީލް މަހު ބޭއްވުމަށް ޓަކައި މާރިޗު މަހު އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ޖެހެއެވެ.

އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު ކުރަމުންދަނީ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމަށާއި ދާއިރާތަކަށް ކައުންސިލަރުންގެ އަދަދު ކަނޑައެޅުމަށް އާބާދީ ގުނުމުގެ މަސައްކަތްކަން ސޮލާހު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން އިންތިޚާބީ އެކިއެކި މަސައްކަތްތައް ކުރުމަށް ތަނެއް ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނުގައިވާ ގޮތުން ރަޖިސްޓަރީ ކުރެވިފައިވާ އާބާދީގެ 3,000 މީހުންނަށްވުރެ ކުޑަ އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިޚާބުކުރާނީ 3 މެންބަރުންނެވެ. އަދި އާބާދީ 3،000 މީހުންނަށްވުރެ ގިނަ ނަމަ 5 މެންބަރުންނެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ކުރިމަތިލާ ފަރާތްތަކުން 1,500 ރުފިޔާގެ ޑިޕޮޒިޓެއް ދައްކަންޖެހޭނެއެވެ. އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓަކާ ނުލައި ވާދަކުރާ ފަރާތްތަކުން މަދުވެގެން އިންތިޚާބީ ދާއިރާގެ 50 މީހުންގެ ސޮއި ހުށައަޅަންޖެހެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top