އޯލެވެލް ގަދަ 10ގެ ޖަލްސާ މި މަހު 21، 22 ގައި

FVEPXJmVUAAxjVx.jpg

2022ވަނަ އަހަރާއި 2023 ވަނަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ޖަލްސާ މި މަހު ބާއްވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެދެ އަހަރުގެ އޯލެވެލް އިމްތިހާނުގައި ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް ސަރުކާރުން ދޭ “މަތީ އަރުތަވެރީންގެ އިނާމު” މިދިޔަ އަހަރުގެ އޭ ލެވެލްގެ ގަދަ 10 ޖަލްސާގައި ވަނީ ދީފައެވެ. ނަމަވެސް 2022 އާއި 2023 ގެ އޯ ލެވެލްގެ ގަދަ 10 ގެ ޖަލްސާ އަދި ނުބާއްވަ އެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިހާރު ނިންމާފައި ވަނީ 2022 އަދި 2023 ވަނަ އަހަރުގެ އޯ ލެވެލް ބެޗުގެ ކުދިންގެ ތެރެއިން ގަދަ 10 އަށް ހޮވުނު ކުދިންގެ އިނާމު ދިނުމުގެ ޖަލްސާ އަންނަ ހޮނިހިރު ދުވަހާއި އާދިއްތަ ދުވަހު ބާއްވާށެވެ.

މިނިސްޓްރީން ދަރިވަރުންނަށް އަންގާފައިވާ ގޮތުން، އެ ޖަލްސާގެ ރިހާސަލް ބާއްވާނީ އަންނަ ބުދަ ދުވަހާއި ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނު ނިމުނީ މިދިޔަ ބުދަ ދުވަހު އެވެ. އެ އިމްތިހާނުގައި 8،362 ދަރިވަރުން ބައިވެރިވެރިވި އެވެ. އެއީ ކެމްބްރިޖް އައިޖީސީއީ އޯލެވެލް އިމްތިހާނުގައި ހެދި 7،666 ދަރިވަރުންނާއި އެސްއެސްސީ އިމްތިހާނު ހެދި 7،519 ދަރިވަރުންނެވެ.

އެ ދަރިވަރުންގެ ނަތީޖާ ދޫކުރާނީ އަންނަ އޮގަސްޓު މަހު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top