މެލޭޝިޔާގައި އާދިއްތަ ދުވަހު އަވަހާރަވެފައިވާ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ފަޟީލަތުއްޝައިޚު އިބްރާހީމް ފަރީދުގެ މައްޗަށް 13 ޖޫން ވާ ހުކުރު ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ޣައިބަށް ކަށު ނަމާދު ކުރުމަށް ނިންމައިފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކަން އިއުލާން ކުރައްވާ މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، އަންނަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށްފަހު މާލެ އާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ހުކުރު \ކުރާ މިސްކިތް ތަކުގައިޝައިޚު ފަރީދުގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރެވޭނެއެވެ. އަދި މިކަމާ ގުޅޭ ރަސްމީ ނޯޓު މިއަދު ރަށު ކައުންސިލްތަކަށް ފޮނުވޭނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
ޝައިޚު ފަރީދު އަވަހާރަވެވަޑައިގެންނެވީ މެލޭޝިޔާގައި ދީނީ ޢިލްމު ފޯރުކޮށްދެއްވުމަށްފަހު، ފުރާވަޑައިގަތުމަށް އެއާޕޯޓަށް ވަޑައިގެން ހުންނަވަނިކޮށް ހާޓް އެޓޭކެއް ޖެހިވަޑައިގަތުމުންނެވެ.
ޝެއިހް ފަރީދުގެ ޖަނާޒާ މިހާރު ނިމިފައިވާއިރު ޖަނާޒާގައި މެލޭޝިއާގައި ދިރިއުޅޭ ގިނަ ބަޔަކު ވަނީ ބައިވެރިވެފައި އެވެ. ޝެއިހް ފަރީދުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މެންދުރު ނަމާދަށްފަހު، މެލޭޝިއާގެ ސައިބަޖާޔާގައި ހުންނަ ރާޖާ ހާޖީ ފީސަބީލިﷲ މަސްޖިދުގަ އެވެ. އިމާމްވެ ކަށުނަމާދު ކުރެއްވީ ޝެއިޚް ފަރީދުގެ ކޮއްކޮ އަދި ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދެވެ.
ޝެއިހް ފަރީދު އަވަހާރަވެފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި މެލޭޝިއާއަށް ވަޑައިގެންނެވިތާ ގިނަ އިރުތަކެއް ނުވަނީހެވެ. އެގޮތުން ޝައިހް ފަރީދު މެލޭޝިއާއަށް ވަޑައިގެން އެއާޕޯޓުން އިމިގްރޭޝަން ކައުންޓަރުތަކާއި ހަމައަށް ވަޑައިގަންނަވަނިކޮށް ވެއްޓިވަޑައިގަތުމުން އޭނާއަށް އަވަސް ފަރުވާ ދީފައިވާ ކަމަށާއި ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އަވަހާރަވީ ކަމަށް މައުލޫމާތު ލިބެއެވެ.
ޝައިހްގެ ހަށިގަނޑު ރާއްޖެ ގެންދިޔުމަށް އާއިލާއިން މަސައްކަތްކުރި ނަމަވެސް މެލޭޝިއާގެ ގާނޫނު ބުނާގޮތުން މެލޭޝިއާގައި މަރުވާ މީހަކު ގައުމުން ބޭރަށް ގެންދާނަމަ ޕޯސްޓްމޯޓަމް ހަދަން މަޖޫބޫރުވާތި ފަރީދުގެ ޖަނާޒާ މެލޭޝިއާގައި ކުރިޔަށް ގެންދިޔުމަށް އާއިލާއިން ނިންމީއެވެ.







