ދަރަވަންދޫ ކައުންސިލުން ރައްޔިތުންނަށް ދިން އީދު ހަދިޔާ: ”މަގޭ ބަގީޗާ“

large_174914124331QCod.png

ބ. ދަަރަވަންދޫ ކައުންސިލުން އެ ރަށުގެ ރައްޔިތުންނަށް އީދު ހަދިޔާއެއްގެ ގޮތުގައި ދިން “މަގޭ ބަގީޗާ” ރޭ ހުޅުވައިފިއެވެ.

ދަރަވަންދޫ ކައުންސިލުން ބުނީ މި ޕާކަކީ ދަރަވަންދޫގެ ރައްޔިތުންނަށް ކައުންސިލްގެ ފަރާތުން ދިން އީދު ހަދިޔާއެއް ކަމަށެވެ.

ރޭ 20:30ގައި މި ޕާކު ހުޅުވައިދެއްވީ ޑްރީމްލޭންޑް ރިސޯޓުގެ ޖެނެރަލް މެނޭޖާ މުޙައްމަދު ޙަނީފެވެ.

ކައުންސިލުން ބުނީ މި ޕާކަކީ ކައުންސިލްގެ ސްޓާފުން އެ މީހުންނަށް ލިބޭ ހުސްވަގުތުތަކުގައި މަސައްކަތްކޮށް ނިންމާފައިވާ ޕާކެއް ކަމަށާއި ޕާކު ތަރައްގީކުރުމަށް އެ ރަށުގެ ކުލަބު ޖަމިއްޔާތަކާއި ވިޔަފާރިވެރީންގެ ފަރާތުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ކަމަށެވެ.

ރަށުގެ ކުދި ބޮޑު ހުރިހާ އުމުރުފުރައެއްގެ މީހުންނަށް ބޭނުންކުރެވޭ ގޮތަށް ތަރައްގީކޮށްފައިވާ މި ޕާކުގައި ރައްޔިތުންނަށް ބޭނުން ކުރެވޭނެ ކެފޭއަކާއި ފާހާނާއަކާއި ކުޑަކުދީންނަށް ސްކޭޓްކުރެވޭނެ ގޮތަށް އެންމެ ޒަމާނީ ފެންވަރަށް ސްކޭޓްކުރާނޭ ސަރަހައްދެއް ވަނީ ތަރައްގީކޮށްފައެވެ.

މީގެ އިތުރުން އައުޓްޑޯ ޖިމަކާއި ދުވާ ޓްރެކެއްގެ އިތުރުން ދުވަސްވީ މީހުންނަށް ރާޒުވާ ކުޅެލާނޭ ފިނި ސަރަހައްދެއްގެ އިތުރުން ކުޑަކުދީން ކުޅުމަށް ޚާއްސަ ކުޅޭ ސަރަހައްދެއް ވެސް ތަރައްގީކޮށްފައިވެއެވެ.

މީގެ އިތުރުން އެ ސަރަހައްދަކީ ހިތްފަސޭހަ ސަރަހައްދަކަށް ހެދުމަށް ފެންއަރުވާ ވަޑާމަކާއި މަސް ފެންގަނޑެއް ވެސް އެ ތަނުގައި ތަރައްގީކޮށްފައިވެއެވެ.

ދަރަވަންދޫ ގައި އަޟްހާ އީދުގެ ކުޅިވަރުތައް ފެށިފައިވާއިރު އީދާ ގުޅުވައިގެން ދަރަވަންދޫގައި ކުޅޭ ކުޅިވަރުތައް އެސްއެސް ޓީވީގެ އިތުރުން ސަން ޕްލޭ އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top