ކައުންސިލްތަކުގައި އަންހެނުން 40 ޕަސެންޓަށް

muizzz_2.jpg

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު

ކައުންސިލްތަކުގައި އަންހެނުންގެ ނިސްބަތް 40 ޕަސަންޓަށް އިތުރުކުރުމަށް ރައީސް މުއިއްޒު ހުށަހަޅުއްވައިފިއެވެ.

ރައީސް މުއިއްޒު މިކަން ހާމަކުރެއްވީ ގާނޫނުއަސާސީއަށް ހުށަހަޅުއްވަން ގަސްދުކުރައްވާ އިސްލާހުތަކާ ގުޅޭގޮތުން މިއަދު ރައްޔިތުންނާއެކު ޕޮޑްކާސްޓުގައި ވާހަކަ ދައްކަވަމުންނެވެ.

ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް އަންހެން ކައުންސިލަރުން ތިބެން ޖެހޭ އަދަދު 33 ޕަސެންޓަށް ހަދައި އަންހެނުންގެ ކޮމެޓީތައް (ޑަބްލިޔުޑީސީ) އުފެއްދީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2021 ވަނަ އަހަރު އެވެ.

އެއާއެކު، މިހާރު ކައުންސިލްތަކުގައި 370 އަންހެން ކައުންސިލަރުން ތިބޭނެ އެވެ. އަދި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގައި 930 މެމްބަރުން އުޅެ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ކައުންސިލްތައް ބާރުވެރިކުރުވުމާއި ރައްޔިތުންގެ ބާރުވެރިކަން އިތުރުކުރުމުގެ ގޮތުން، އަންހެން ކައުންސިލަރުންގެ ނިސްބަތް އިތުރުކުރުމަކީ ވަރަށް މުހިންމު ބަދަލެއް ކަމަށެވެ. ހާއްސަކޮށް އާބާދީ ބޮޑެތި ރަށްރަށުގައި މި ބަދަލުގެ ސަބަބުން ފައިދާތަކެއް ކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސް މުއިއްޒު ހުށަހަޅުއްވާ އިސްލާހުތަކުގެ ތެރޭގައި ރިކޯލް ވޯޓުގެ ނިޒާމެއް ތައާރަފުކުރުމާއި، ކައުންސިލްތަކަށް ލިބޭ ބްލޮކް ގްރާންޓް ހޭދަކުރާ ގޮތް ބެލޭނެ ނިޒާމެއް ގާއިމުކުރުން ހިމެނެއެވެ. ރައީސް މުއިއްޒު ވިދާޅުވީ، މި އިސްލާހުތަކާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ސަރުކާރުން އިސްނަގައިގެން ޕްރޮގްރާމްތަކެއް ހިންގާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top