އަތޮޅު ކައުންސިލް ތައް އުވާލަން ނިންމައި އެކަމަށް ބޭނުންވާ އިސްލާހުތައް ގެނައުމަށް މިއަހަރު މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު ވިދާޅުވީ އަތޮޅު ކައުންސިލަތަކަކީ އެއްގޮތަކަށްވެސް ބޭނުން އެއްޗެއް ނޫންކަމަށާއި މުހިއްމީ ރަށު ކައުންސިލްތައް ކަމަށެވެ.
”މިހާރު ބައްލަވާ އަތޮޅު ކައުންސިލުގައި މި ތިބެނީ ކޮންމެ ކައުންސިލެެއްގެ ރައީސް. ދެން ހުންނާނީ އަތޮޅު ކައުންސިލްގެ ރައީސް ކިޔާފައި އިންތހާބު ކުރާ މީހެއް. ފަންކްޝަނެއް ނުކުރޭ މިއެއް. އޮންލައިންކޮށް މީޓިން ބާއްވަނީ. ދެން މިހެން ގޮސް ވޭރިއަސް ބޭކާރު ކަންކަން އެ ހިނގަނީ. އެއަށްވުރެ މާ ރަނގަޅެއް ނޫންތޯ ރަށު ކައުންސިލެއް ހިނގާނީ.“ ރައީސް މުއިއްޒު ވިދާޅުވިއެވެ.
އަތޮޅު ކައުންސިލްތައް އުވާލެވޭނީ ގާނޫނު އަސާސީ އިސްލާހު ކޮށްގެން ކަމަށްވާތީ އެ އިސްލާހު މަޖިލީހަށް މިއަހަރު ހުށަހަޅުއްވަން ނިންމަވާފައިވާކަން ރައީސް ވިދާޅުވިއެވެ.