”ފެހިމަދަރުސާ“ގައި ބ.އަތޮޅުން ގިނަ ސްކޫލްތަކެއް ބައިވެރިވެއްޖެ އެވެ.
ބ.އަތޮޅުން އަލަށް ގުޅުނު ސްކޫލްތަކަކީ ބ. ގޮއިދޫ، ފެހެންދޫ، ހިތާދޫ، ތުޅާދޫ، އޭދަފުށި، މާޅޮސް، ދަރަވަންދޫ، ދޮންފަނު، ކިހާދޫ، ކަމަދޫ، ކުޑަރިކިލު، އަދި ކެންދޫއެވެ.
މި ސްކޫލްތަކަށް މިނިސްޓްރީ އާއި ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަދި ސޮނެވާ ނަމުނާ ގުޅިގެން، ވަނީ ‘ފެހި މަދަރުސާ’ ޓްރެއިނިންގް އޮފް ޓްރެއިނާސް (ޓީއޯޓީ) ވޯކްޝޮޕެއް ވެސް ހިންގައިފަ އެވެ. މި މަހުގެ 20 އާއި 21 އަށް އެ ވޯކްޝޮޕް ބ. އަތޮޅާއި ނ. އަތޮޅު 42 ޓީޗަރަކާ އެކު ކުރިއަށް ގެންދިޔައީ ދަރަވަންދޫގަ އެވެ.
އަލަށް ގުޅުނު 15 ސްކޫލާއެކު، މިހާރު ޖުމްލަ 62 ސްކޫލެއް ހިމެނޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.