ޓެމޫގެ ނަމުގައި ސްކޭމްތައް ހިންގަނީ، ސަމާލުވޭ

IMG-20250411-WA0026.jpg

ދިވެހީންގެ ތެރޭގައި މަގުބޫލު ޓެމޫ އީކޮމާސް ވެބްސައިޓްގެ ނަމުގައި ސްކޭމްތަކެއް ހިންގާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ، މި ސްކޭމްތަކުގެ ތެރޭގައި ހިމެނެނީ ސައްހަ ނޫން ވެބްސައިޓުތައް ހެދުމާއި އޮޅުވާލުމަށް ފިޝިން މެސެޖުތައް ފޮނުވުމާއި އެކި ލިންކުތައް މެދުވެރިކޮށް ޕޭމަންޓު މައުލޫމާތު ހޯދުން ފަދަ ކަންކަން ކަމަށެވެ.

އެހެންވެ ފުލުހުން ވަނީ ގޮތް ނޭނގޭ ނުވަތަ ޝައްކުވާ ފޯނު ނަންބަރުތަކުން އަންނަ މެސެޖްތަކަށް ސަމާލުވެ، ޓެމޫގެ ރަސްމީ ސައިޓަށް ނުދާ ލިންކްތަކަށް (ނަން ގޯސްކޮށް ނުވަތަ އަކުރެއް ނަންބަރެއް ބަދަލުކޮށްފައި ލިޔެފައި ހުރުން ނުވަތަ އާދަޔާ ހިލާފު ޑޮމެއިންތަކަށް) ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

އެގޮތުން، ޓެމޫ ނުވަތަ ކުރިއާ ހިދުމަތްތަކުން ފޮނުވާ މެސެޖްތަކެއް ކަމަށް ދައްކުވައިދޭ ސައްހަނޫން މެސެޖްތަކެއް ފޮނުވަމުން ދާކަމަށާއި މި މެސެޖްތަކުގައި އާންމުކޮށް ހިމެނެނީ އޯޑަރުގައި މައްސަލައެއް ހުރި ކަމަށް ނުވަތަ އިތުރު ޗާޖެއް ދައްކަންޖެހޭ ކަމަށް ބުނެ، ޒާތީ ނުވަތަ މާލީ މައުލޫމާތު ހޯދުމަށް އެދޭ ލިންކްތައްކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން ސައްހަނޫން ވެބްސައިޓްތަކުގައި ނުވަތަ ފިޝިން އީމެއިލްތަކާއި އިޝްތިހާރުތަކުގައި، ފައިސާ ދެއްކުމުގައި މައްސަލައެއް އުޅޭކަމަށް ބުނެ އޮޅުވާލައިގެން ކްރެޑިޓް ކާޑު މައުލޫމާތު ހޯދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

އަދި 2-ޑީ ކާޑުތަކަށް އިތުރު އޮތެންޓިކޭޝަން ބޭނުންނުވާތީ، މަކަރުވެރިންނަށް އެ ކާޑުތަކަށް ފަސޭހައިން އެކްސަސް ވެވޭކަމަށް ފުލުހުން ބުނެއެވެ. އެ ބޭނުންކުރާ މީހުން، ނޭނގި ފިޝިން ސައިޓެއްގައި ކާޑުގެ މައުލޫމާތު ފުރުމުން، ސްކޭމަރުންނަށް އެ މައުލޫމާތު އިތުރު ވެރިފިކޭޝަނެއް ނެތި އޮންލައިން ޕޭމަންޓް ހެދުމަށް ބޭނުންކުރެވޭކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top