ބީއެމްއެލް އެކައުންޓުތަކަކުން އިތުރަށް ފައިސާ ކެނޑުނު މައްސަލަ ހައްލުކޮށްފި

SywT1WS8nBU0qECVUuUTdPG8eXNylFJ7AkjpMLoo.webp

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓުތަކަކުން އިތުރަށް ފައިސާ ކެނޑުނު މައްސަލައެއް ދިމާވި ނަމަވެސް، އެ މައްސަލަ މިހާރު ހައްލުކޮށްފައިވާ ކަމަށް އެ ބޭންކުން މިއަދު ބުނެފިއެވެ.

އިއްޔެ އިން ފެށިގެން މިފަދަ ވާހަކަތަކެއް އެކި މީސްމީހުން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. އެގޮތުން ނުކުރާ މުއާމަލާތްތަކަށް ޑަބަލްކޮށް ޓްރާންސެކްޝަން ހަދާފައިވާ ކަމަށާއި ނުކުރާ މުއާމަލާތްތަކަށް އެކައުންޓް ފައިސާ އުނިކުރަމުންދާ ކަމަށް ވެސް އެކި މީހުން ބުނެފައިވެ އެވެ.

އެހެންވެ މިކަމާ ގުޅިގެން ގައުމީ ބޭންކާ މެދު ކަސްޓަމަރުންތަކެއް އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

އެކްސްގައި ކޮށްފައިވާ އެފަދަ ޝަކުވާއަކަށް ދިން ޖަވާބުގައި ބީއެމްއެލްއިން ބުނީ، ބައެއް މުއާމަލާތްތައް ޕްރޮސެސް ކުރުމުން ޕެންޑިންއަށް ގޮސްފައިވާ ކަމަށެވެ. އެހެންވެ، އެކައުންޓުގައި ޖުމުލަ ފައިސާ ހުރި އަދަދު ބަދަލުވި ކަމަށް އެ ބެންކުން ބުނެފައިވެއެވެ.

އެ މައްސަލަ ދިމާވި ސަބަބު ބަލައި، މިހާރު އެކަން ހައްލުކޮށްފައިވާ ކަމަށް ބީއެމްއެލްއިން ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ މަދުވި މައްސަލަތަކެއް ފެންމަތިވެފައިވެ އެވެ. އަދި ބޭންކްގެ މުވައްޒަފުންތަކެއް ކަސްޓަމަރުންތަކެއްގެ އެކަައުންޓްތަކުން “ވައްކަންކުރި” މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ.

ކަސްޓަމަރުންގެ އެކައުންޓްތަކުން ފައިސާ މަދުވާތީ ކަސްޓަމަރުން ކަންބޮޑުވުން ފާޅުކުރަމުން އަންނަ އިރު، ދާދި ފަހުން “އޮޅިގެން” ބައެއް ކަސްޓަމަރުންގެ އެކައުންޓްތަކަށް ބީއެމްއެލް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލަތަކެއް ވެސް ދިމާވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top