ކުޑަރިކިލު ސިއްހީ މަރުކަޒު އަޅަން ފެނަކަ އަށް

large_174323143228aAW2.jpg

ބ.ކުޑަރިކިލު ސިއްހީ މަރުކަޒު އެޅުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އާއި ހަވާލުކޮށްފިއެވެ.

ފެނަކައިގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު، މޭޖާ ރިޓަޔާޑް މުޙައްމަދު ނަޖާހެވެ.

ކުޑަރިކިލު ސިއްހީ މަރުކަޒުގެ އިތުރުން ވެސް 10 ރަށެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އާ އިމާރާތް އެޅުމުގެ މަސައްކަތް، ރޯޑް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ރޭ ވަނީ ހަވާލުކޮށްފަ އެވެ.

ކުޑަރިކިލު ސިއްޙީމަރުކަޒުގެ އާ ޢިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 7,641,116.64 ރުފިޔާ އަށެވެ.

މި ސަރުކާރުން ވަނީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ފެނަކަ، އާރްޑީސީ އަދި އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top