ކައުންސިލްތަކުގެ އިހުތިޞާސްގައި ހިމެނޭ ރަށްރަށް ދޫކުރުމުގެ ބާރު ރައީސަށް

original_1713260173175.jpeg

ރައީސް މުއިއްޒު: ކައުންސިލްތަކުގެ އިހުތިޞާސްގައި ހުންނަ ފަޅާއި ރަށްތައް ފަސޭހައިން ދޫކުރުމުގެ ބާރު ރައީސަށް ލިބިދޭ ގޮތަށް ބިލު ތަސްދީގުކުރައްވައިފި -- ފޮޓޯ/ ރައީސް އޮފީސް

ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުގެ ބާރު ރައީސުލްޖުމްޙޫރިއްޔާއަށް ލިބިދޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ބިލު، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފި އެވެ. މިބިލުގައި ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓު ރިޒޯޓު ތަރައްގީކުރުމަށް ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅު ވެސް ހިމެނެއެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް 15 ވަނަ އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެންބަރު އަހުމަދު ރިޔާޒު ހުށަހެޅުއްވި މިބިލު މިއަދުގެ ޖަލްސާއިން ފާސްކޮށްފައި ވަނީ 55 މެންބަރުންގެ ވޯޓާއެކުއެވެ. ބިލު ފާސްކުރުމާ ދެކޮޅަށް ވޯޓުދެއްވީ ހަތް މެންބަރުންނެވެ.

އެއާއެކު ހަމަ މިއަދު ރައީސް މުއިއްޒު ވަނީ އެ ބިލު ތަސްދީގުކުރައްވައިފައެވެ. އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު އިސްލާހު ޝާއިއުކުރުމާއެކު، މި އިސްލާހަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.

ބިލުގައި އޮތީ މީހުން ދިރިއުޅޭ ރަށްތައް ނުވަތަ ސިޓީތަކުގައި އެ ތަނެއްގެ ބިނާވެށި ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ބިން ކަނޑައަޅާނީ އެ ރަށެއް ނުވަތަ ސިޓީއެއް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލުން ކަމަށެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށު ނުވަތަ ސިޓީ ކައުންސިލްގެ އިހުތިޞާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައީސުލްޖުމްޙޫރިއްޔާ ކަމަށެވެ.

މިއީ މި ގާނޫނުގެ ފަސް ވަނަ މާއްދާއަށް ހުށަހަޅާފައި އޮތް އިސްލާހެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top