ބ. އަތޮޅު ކައުންސިލާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި ނޭޗަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް ގުޅިގެން އޭދަފުށީގައި ބެޑްމިންޓަން ކޯހެއް ފެށުމަށް ހަމަޖެހިއްޖެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެޑްމިންޓަން އެސޯސިއޭޝަނުން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ސެޓްފިކެޓް 1 ގެ ކޯޗިން ކޯހެކެވެ. ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20ން ފަށައިގެން 30ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޯހުގައި ބައިވެރިވާން ބޭނުން ވާ ފަރާތްތަކުން އެރަށެއްގެ ރަށު ކައުންސިލް މެދުވެރިކޮށް ބ. އަތޮޅު ކައުންސިލް އިދާރާއަށް ލިއުމުން ހުށަހެޅުއްވުމަށް ބެދްމިންޓަން އެސޯސިއޭޝަނުން އެދިވަޑައިގަންނަވައެވެ.
ބެޑްމިންޓަން އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާ އާއި އެ އެސޯސިއޭޝަނުން މި އަހަރަށް ލަފާކުރާ ބަޖެޓްގެ ގޮތުގައި ހަތަރު މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކުރި އިރު 1.2 މިލިއަން ރުފިޔާ ކަނޑައަޅާފައިވަނީ ޑިވޮލެޕްމެންޓް ޕްރޮގްރާމްތަކަށެވެ.