ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކާތެރިކަމުގެ ގަވާއިދު އާއްމުކޮށްފި

villingili-beach-800x468-1.jpg

ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކާބެހޭ ގަވާއިދު އާއްމުކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އާންމުކުރި މި ގަވާއިދުގައިވާ ގޮތުން ފައިބަރުގެ މަސައްކަތްކުރާ ތަންތަނުގެ ތެރެއިން ކަނޑުދަތުރުފަތުރުކުރާ އުޅނަދުފަހަރު ބަންނަ ތަންތަން ގާއިމުކޮށްފައި ހުންނަންވާނީ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ގާނޫނާއި، އެހެން ގާނޫނަކުން ނުވަތަ ގަވައިދަކުން ކަނޑައަޅާ މިންގަނޑުތަކާ އެއްގޮތަށެވެ.

އެގޮތުން މީހުން ދިރިއުޅޭ ސަރަހައްދުގައި ނުވަތަ ގޯތިތަކުގައި ނުވަތަ ބަނދަރުތަކުގައި ފައިބަރުގެ މަސައްކަތްކުރަންވާނީ ސިއްހީ މިންގަނޑުތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައިފައިވެއެވެ. އަދި އެފަދަ ސަރަހައްދެއްގައި މަސައްކަތްކުރަން ވާނީ އެޗްޕީއޭގެ ހެލްތު އެންޑް ސޭޕްޓީ އިންސްޕެކްޝަނަށް ބިނާކޮށް އެ ރަށެއްގެ ކައުންސިލުގެ ހުއްދަ ލިބިގެންކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

މި ގަވާއިދުގެ ދަށުން ފައިބަރު މަސައްކަތްކުރާ ތަންތަނުގެ ވެރިފަރާތުގެ ޒިންމާތަކުގެ ތެރޭގައި ތަނުގައި އުފެދޭ ފައިބަރު ކުނޑިއާއި އެ ނޫންވެސް ތަކެތި ރައްކާތެރިކަަމާއެކު ނައްތާލުމަކީ އޭނާގެ ޒިންމާއެކެވެ.

އަދި ފައިބަރު މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން ސަފުތާހިރުވުމަށް ރައްކާތެރި ގޮތުގައި އަތްދޮވުމާއި ފާޚާނާކުރުމާއި ފެންވެރުމުގެ އިންތިޒާމު ހަމަޖައްސާފައި ހުންނަންޖެހޭނެއެވެ. އަދި އެތަންތަނުގައި ވެންޓިލޭޝަން ސިސްޓަމު ގާއިމުކޮށްފައި ހުރުމާއި ކެމިކަލް ފަދަ ތަކެތި ރައްކާތެރިކަމާ އެކު ބެހެއްޓޭނެ އިންތިޒާމެއް ހަމަޖައްސަން ޖެހެއެވެ.

މި އުސޫލާ އެއްގޮތަށް ފައިބަރު މަސައްކަތްކުރާ ތަންތަން ބަލައި ފާސްކުރުމަށް އެޗްޕީއޭ ނުވަތަ އެ އެޖެންސީން ކަނޑައަޅާ ފަރާތަކުން ދިއުމުން އެ ފަރާތެއްގެ މަސައްކަތަށް ހުރަސް އަޅައިފިނަމަ، 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެޖެންސީން ހުއްދަ ނުދެނީސް ފައިބަރު މަސައްކަތް ކުރާ ތަނެއް ހިންގާކަން ކަށަވަރުވެއްޖެނަމަ ވެސް 2،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top